ސައިންސް /

ދުނިޔެ

ޗައިނާގެ ހަމައެކަނި އަންހެން ސްޕޭސްފްލައިޓް އިންޖިނިއަރު ސްޕޭސް ސްޓޭޝަނަށް ފޮނުވަނީ

ޗައިނާގެ ހަމައެކަނި އަންހެން ސްޕޭސްފްލައިޓް އިންޖިނިއަރު ސްޕޭސް ސްޓޭޝަނަށް ފޮނުވަނީ

ޗައިނާގެ ހަމައެކަނި އަންހެން ސްޕޭސްފްލައިޓް އިންޖިނިއަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޮކްޓޯބަރު 2024، 05:38

29 އޮކްޓޯބަރު 2024، 05:38

ޗައިނާގެ ހަމައެކަނި އަންހެން ސްޕޭސްފްލައިޓް އިންޖިނިއަރު މި ހަފްތާގައި ޓިއަންގޮންގް ސްޕޭސް ސްޓޭޝަނަށް ފޮނުވާ އައު 3 މެމްބަރުންގެ ޓީމުގައި ހިމެނޭ ކަމަށް ބީޖިންގުން އަންގާރަ ދުވަހު ހާމަކޮށްފިއެވެ. ޝެންޒޯ-19 މިޝަން ފުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 4:27 ގައި (އަންގާރަ ދުވަހުގެ 20:27 ޖީއެމްޓީ) ޗައިނާގެ އުތުރު-ހުޅަނގު ސަރަޙައްދުގައި ހުންނަ ޖިއުކުއަން ސެޓެލައިޓް ލޯންޗް ސެންޓަރުންނެވެ.

ޗައިނާ މޭންޑް ސްޕޭސް އެޖެންސީ (ސީއެމްއެސްއޭ) ގެ ބަހުން، މި އެކްސްޕެޑިޝަންގައި ހިމެނޭ ވަންގް ހަވޯޒީއަކީ މިހާރު ޗައިނާގެ ހަމައެކަނި އަންހެން ސްޕޭސްފްލައިޓް އިންޖިނިއަރެވެ. އޭނާއަކީ ކްރޫޑް މިޝަނެއްގައި ބައިވެރިވާ 3 ވަނަ ޗައިނާގެ އަންހެން ފަޅުވެރިޔާ ވެސް މެއެވެ.

ކައި ޒުޒޭ އިސްވެ ހުންނަވާ މި ޓީމުގެ މިޝަން ނިންމުމަށްފަހު އަނބުރާ ބިމަށް އައުމަށް ހަމަޖެހިފައިވަނީ "އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅު ނުވަތަ މެއި މަހުގެ ކުރީކޮޅު" ކަމަށް ސީއެމްއެސްއޭގެ ޑެޕިއުޓީ ޑިރެކްޓަރ ލިން ޒިކިއަންގް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރިއެވެ.

48 އަހަރުގެ ކުރީގެ އެއަރ ފޯސް ޕައިލެޓް ކައި ޒުޒޭއަކީ 2022 ވަނަ އަހަރު ޝެންޒޯ-14 މިޝަންގައި ޓިއަންގޮންގްގައި ހޭދަކުރެއްވި ތަޖުރިބާކާރު ބޭފުޅެކެވެ. ސޮންގް ލިންގްޑޮންގް އަކީ މި އެކްސްޕެޑިޝަންގެ ތިންވަނަ ފަޅުވެރިޔާއެވެ.

މިހާރު ޓިއަންގޮންގް ސްޕޭސް ސްޓޭޝަނުގައި ތިބި ފަޅުވެރިން އަނބުރާ ބިމަށް އައުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 4 ގައި ކަމަށާއި، އެއީ އަލަށް ދާ ފަޅުވެރިންނާ ހަވާލުކުރުމުގެ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު ކަމަށް ލިން ވިދާޅުވިއެވެ.


                    

މި ލިޔުން ކިޔާލުމުން