Ads by Stelco

ޚަބަރު

މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މަދިފުށީ ތަރައްޤީގެ މަޝްރޫޢުތައް ފެށުމުގެ ރަސްމިއްޔާތުތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ސެޕްޓެމްބަރު 2025، 05:30

23 ސެޕްޓެމްބަރު 2025، 05:30

ކޮޅުމަޑުލު މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. 

މިމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަނާއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ ރައީސް ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ގެދޮރުވެރިކަމާ ޢިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމަނިކުފާނުގެ އަރިހުގައި މަޑިފުށީދާއިރާގެ މެމްބަރު ޙަސަން ވަހީދާއި އާރްޑީސީގެ އެމްޑީ އިބްރާހިމް ނަޒީމްގެ އިތުރުން މަޑިފުށީ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިމަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

މިމަސައްކަތުގެ ދަށުން މަޑިފުށީ މަގުތައް ތަރައްޤީކުރެވިގެންދާނީ ތާރުއަޅައިގެން ޒަމާނީފެންވަރަށެވެ.

މިމަޝްރޫޢޫގެ އިތުރުން ރައީސްގެ ދަތުރުފުޅުގެ ތެރެއިން މަޑިފުށީގައި ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއް ފެށި ބައެއް ކަންކަން ވަނީ އިފްތިތާޙްކުރެވިފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން