Ads by Stelco

ޚަބަރު

ދިޔަމިގިއްޔާއި މަޑިފުށި ގުޅުވައިދޭ ކޯޒްވޭ އެއްބަސްވުމުގައި މާދަމާ ސޮއިކުރާނެ: ރައީސް މުޢިއްޒު

ދިޔަމިގިއްޔާއި މަޑިފުށި ގުޅުވައިދޭ ކޯޒްވޭ އެއްބަސްވުމުގައި މާދަމާ ސޮއިކުރާނެ: ރައީސް މުޢިއްޒު

ރައީސް މުޢިއްޒު މަޑިފުށީ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ސެޕްޓެމްބަރު 2025، 07:54

23 ސެޕްޓެމްބަރު 2025، 07:54

ތ. މަޑިފުށި އަދި ތ. ދިޔަމިގިލި ގުޅުވާލުމަށް އަޅާ ކޯޒްވޭގެ އެއްބަސްވުމުގައި މާދަމާ ސޮއިކޮށް، މަޝްރޫޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވާ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ދެ ރަށް ކޯޒްވޭއަކުން ގުޅާލުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދިޔަމިގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވި ދަތުރުފުޅެއްގައެވެ.

 އަޅުގަނޑު ވައުދުވިން ދިޔަމިގިލިން މަޑިފުއްޓަށް ދޭތެރޭ ކޯޒްވޭ ހަދަން، އަދި ކޯޒްވޭ ތ. އުފުރިޔާއާ ހަމައަށްވެސް ދާނެ. ކޯޒްވޭގެ ޓެކްނިކަލް ހުރިހާ ކަމެއް ނިމި، ޓެންޑަރިން ޕްރޮސެސް ވެސް މިހާރު އެ ނިމެނީ،   

ރައީސް ޑރ މުޙައްމަދު މުޢިއްޒު

މި މަޝްރޫޢުގެ އިތުރުން، މަޑިފުށީގެ އިޚްތިޞާޞްގައި އުފުރިޔާ އަދި ކޮޅުފުށި ހިމެނުއްވީ އިޤްތިޞާދީގޮތުން ރައްޔިތުންނަށް ކުރިއެރުން ގެނައުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ވަނީ ގެޒެޓްގައި މިކަން އިޢުލާންކޮށް، ރަސްމީކޮށް އެ ދެ ފަޅުރަށް މަޑިފުށީގެ އިޚްތިޞާޞްގައި ހިމަނާފައެވެ.

މީގެއިތުރުން، މަޑިފުށީގައި ކުރިއަށްދާ އައިސްޕްލާންޓްގެ މަޝްރޫޢު ނިމުމާ ކައިރިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް 5 އިންސައްތައިގެ ލުއި ލޯނުގެ މަޝްރޫޢު ކޮންމެ އަހަރަކު ކުރިއަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހައުސިންގ ޔުނިޓްތައް ދެ ގޮތަކަށް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ހައުސިންގ ޔުނިޓް އެޅުމާއި އަމިއްލަ ގޯތީގައި ގެ އެޅުމުގެ މަޝްރޫޢުތަކެވެ.

އަންނަ އަހަރު އަމިއްލަ ގޯތީގައި ގެ އެޅުމަށް އިސްކަންދީގެން 50 ހައުސިންގ ޔުނިޓްގެ މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

ސަރުކާރުން އަޅާ ހައުސިންގ ޔުނިޓްތަކުގެ އަގު ވަރަށް ކުޑަކަމަށާއި، މަހެއްގެ މައްޗަށް 2،000 ރުފިޔާއާއި 3،333 ރުފިޔާއާ ދެމެދުގެ އަގެއްގައި ދޫކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެކި ރަށްރަށުގައި އަގު ތަފާތުވި ނަމަވެސް، މި ރޭންޖްގައި ހިފެހެއްޓޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މަޑިފުށީގައި ދިމާވެފައިވާ ފުލުހުންގެ ވެހިކަލްގެ ދަތިކަން ހައްލުކުރުމަށްޓަކައި، މި އަހަރު ނިމުމުގެ ކުރިން އެރަށަށް ފުލުހުންގެ ވެހިކަލެއް ފޯރުކޮށްދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން