Ads by Stelco

ޚަބަރު

ވިލުފުށީގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ވިލުފުށީގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ވިލިފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުން. ފޮޓޯ: ވަގުތު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ސެޕްޓެމްބަރު 2025، 10:55

23 ސެޕްޓެމްބަރު 2025، 10:55

ތ. ވިލުފުށީގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މިރޭ ރަސްމީކޮށް ފަށައިފިއެވެ.

 މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ކަންކަމާ ބެހޭ ވަޒީރު، އަލީ އިހުސާނެވެ.

ވިލުފުށީގައި މި ޚިދުމަތް ތަޢާރަފުކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވަޢުދުފުޅެކެވެ.

މި ޚިދުމަތް އަތޮޅުތަކަށް ފުޅާކުރަމުންދާއިރު، އެންމެ ފަހުން ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ ވ. އަތޮޅުގައެވެ. އަދި އޭގެ ކުރިން ހދ. އަތޮޅުގެ މަކުނުދޫން ވެސް ޕާސްޕޯޓު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފެށިގެންދާއިރު، މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް މިހާރު ވަނީ ފެށިފައެވެ. މިއީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން