Ads by Stelco

ޚަބަރު

ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި

ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި

ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ސެޕްޓެމްބަރު 2025، 03:04

24 ސެޕްޓެމްބަރު 2025، 03:04

ހުލާސާ


ކޮޅުމަޑުލު ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.

 މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސް ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މިސްކިތަކީ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރެވޭ މިސްކިތެކެވެ. މިގޮތުން މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރެވި، އޭސީ ކުރެވޭނެއެވެ. އަދި މިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއްވެސް ހިމެނޭނެއެވެ.

ހިރިލަންދޫގައި މި މިސްކިތް އިމާރާތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ވަޢުދެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މި މިސްކިތް އިމާރާތްކުރުމުން ހިރިލަންދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރުމުގެ ފުރުސަތު ލިބި، ދީނީ ޢިލްމު އުނގެނުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން