Ads by Stelco

ޚަބަރު

ތ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށައިފި

ތ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށައިފި

ތ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ސެޕްޓެމްބަރު 2025، 10:19

24 ސެޕްޓެމްބަރު 2025، 10:19

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީ ޚިދުމަތް ތ. އަތޮޅުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. 

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ތ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމާއެކު، މީހުން ދިރިއުޅޭ 13 ރަށަކަށް މި ޚިދުމަތް ލިބިގެންދާނެއެވެ. މިއާއެކު ރާއްޖޭގެ 12 އަތޮޅެއްގެ 94 ރަށެއް އާރްޓީއެލް ފެރީގެ ވިއުގައިން ގުޅާލެވިފައިވެއެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ.

ތ. އަތޮޅު ހިމެނެނީ ޒޯން 4 ގައެވެ. މި ޒޯނުގައި ތ. އަތޮޅުގެ އިތުރުން މ، ފ، ދ އަދި ލ. އަތޮޅު ހިމެނެއެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ)އިން ދަނީ ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމަށް ބޭސްލައިން ސަރވޭއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ.

އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގުޅިގެންނެވެ. މި ޚިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީ މެދުވެރިކޮށެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން