Ads by Stelco

ޚަބަރު

ދިޔަމިގިލީގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ދިޔަމިގިލީގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ދިޔަމިގިލީގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ސެޕްޓެމްބަރު 2025، 06:45

25 ސެޕްޓެމްބަރު 2025، 06:45

ކޮޅުމަޑުލު ދިޔަމިގިލީގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

އެސެންޓަރުގެ ބިންގާ އަޅައިފައިވަނީ ރައީސް ޑރ މުޢިއްްޒު ކޮޅުމަޑުލަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ކުރެއްވެވި ޒިޔާރަތުގެ ތެރެއިންނެވެ. 

މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވަނީ ބިންގާ އަޅުއްވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙު އަދި ރަށު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ޑރ. މުޢިއްޒު އަތޮޅުތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، އެމަނިކުފާނުގެ ވެރިކަމުގައި ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ދަށުން ކުރިއަށްގެންދެވޭ ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއްގެ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ. އަދި ނިމިފައިވާ މަޝްރޫޢުތައް އިފްތިތާޙު ކުރެއްވުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދަވައެވެ.

ދިޔަމިގިލީގައި ޤާއިމްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އެރަށުގެ ޒުވާނުންނަށް ޚާއްޞަކޮށް، މުޅި ރަށުގެ ރައްޔިތުންނަށް ހަށިހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދޭނެ މުހިންމު ވަސީލަތަކަށް ވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން