Ads by Stelco

ޚަބަރު

ނ. މާފަރު އިރުން 9 މޭލު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމުކޮށްފި

ނ. މާފަރު އިރުން 9 މޭލު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމުކޮށްފި

ނ. މާފަރު އިރުން 9 މޭލު ބޭރުގައި ޤާއިމުކުރި ދޮށީ ކަނދުފަތި. / ތަޞްވީރު: މަސްވެރިކަމާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

30 ސެޕްޓެމްބަރު 2025، 02:26

30 ސެޕްޓެމްބަރު 2025، 02:26

ނ. މާފަރު އިރުން 9 މޭލު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމުކޮށްފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ވަދު ކަނދުފަތީގެ ނަންބަރަކީ E10D01-03 30އެވެ. އަދި މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ: 5°49.800'N'73°38.800 E މިއެވެ.

މި ވަދު ކަނދުފަތި ޤާއިމުކުރުމުގެ މައިގަނޑު މަޤުޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމެވެ. މި ކަމުގެ ސަބަބުން މާފަރު މަސްވެރީންނާއި، އަދި އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެހެން ރަށްރަށުގެ މަސްވެރީންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ވަދު ކަނދުފަތި ޤާއިމުކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން