Ads by Exprox

ޚަބަރު

ޤުރުއާން ހިތުދަސް ކުރާ ދަރިވަރުން އުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި

ޤުރުއާން ހިތުދަސް ކުރާ ދަރިވަރުން އުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

farudhun logo

ފަރުދުން

28 އޯގަސްޓު 2024، 05:14

28 އޯގަސްޓު 2024، 05:14


ޤުރުއާން ހިތުދަސް ކުރާ ދަރިވަރުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ ޢުމްރާ ދަތުރު އަލްޙާފިޡް ޢަލީ ރަޢީފް އަށް ހަވާލުކޮށްފިއެވެ. 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިފްތިތާޙް ކުރި މި މަޝްރޫޢަކީ ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އިފްތިތާޙްކުރި މަޝްރޫއެކެވެ. އަލްޙާފިޡް ޢަލީ ރަޢީފަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށެވެ.   ހިތްވަރުދިނުމަށް މި ކުރާ މަސައްކަތުގައި ދީލަތި ފަރާތްތަކުން ބައިވެރިވުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މި މަޝްރުޢުގެ ދަށުން ފުރަތަމަ ޢުމްރާ ދަތުރު ލިބިގެންދަނީ ވަރަށް ޚާއްޞަ ދަރިވަރަކަށް ކަމަށާއި އެ ދަރިވަރަކީ އެއްވަނަ ދަރަޖައިގަ އާޔަތްތަކުގެ ނަންބަރާއެކުގަ ޤުރުއާން ހިތުދަސްކުރި ދަރިވަރެއް ކަމުގައެވެ. 

ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ޢުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވަނީ އެކި ފަރާތްތަކުގެ ދީލަތި ހިލޭ އެހީގެ ދަށުން ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco