Ads by Stelco

ޚަބަރު

އެއް ޖީލުން އަނެއް ޖީލަށް ތަޢުލީމުގެ ބުރިޖު ބިނާކޮށްދެނީ މުދައްރިސުން: މެޑަމް ސާޖިދާ

އެއް ޖީލުން އަނެއް ޖީލަށް ތަޢުލީމުގެ ބުރިޖު ބިނާކޮށްދެނީ މުދައްރިސުން: މެޑަމް ސާޖިދާ

ދުނިޔޭގެ ޑައިބެޓިކްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މ. ދިއްގަރު ސްކޫލްގައި އޮތް ރަސްމިއްޔާތެއްގައި މެޑަމް ސާޖިދާ، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

05 އޮކްޓޯބަރު 2025، 09:47

05 އޮކްޓޯބަރު 2025، 09:47

އެއް ޖީލުން އަނެއް ޖީލަށް ތަޢުލީމުގެ ބުރިޖު ބިނާކޮށްދެނީ މުދައްރިސުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެ ކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ މެސެޖުގައި މުދައްރިސުން ނެތް މުޖުތަމަޢެއްގެ ޙާލަތު ސިފަކޮށްދެއްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އެފަދަ މުޖުތަމަޢެއްގައި ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް އަދި އުންމީދެއް ނޯންނާނެކަމުގައެވެ. އަދި އެ ކަމަނާ މުދައްރިސުން ސިފަކުރައްވާފައި ވަނީ ދަރިވަރުންގެ މަންމަ، ބައްޕަ، ނުވަތަ ބެލެނިވެރިއެއްގެ ދަރަޖައިގައެވެ.

ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބައްޕައެއް، ބެލެނިވެރިއެއް. އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން. މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ.

މެޑަމް ސާޖިދާގެ މެސެޖުގައި ވިދާޅުވިއެވެ.

އެ ކަމަނާގެ މެސެޖު ނިންމަވާލެއްވުމުގެ ކުރިން ވަނީ ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދުޢާ އަންނަވާފައެވެ. އެއަށްފަހު އެ މެސެޖު ނިންމަވާލެއްވީ ދުވަހުގެ ތަޙުނިޔާ ހުރިހާ މުވައްޒަފުންނަށް އަރިސްކުރައްވަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން