Ads by Exprox

ޚަބަރު

އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ޞަދަޤާތަށް ޚާއްސަ ޕޭޖު

farudhun logo

ފަރުދުން

28 އޯގަސްޓު 2024، 05:29

28 އޯގަސްޓު 2024، 05:29

އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. މި  ޚިދުމަތް ބޭނުން ކުރެވޭނީ އިސްލާމީ ވުޒާރާގެ ވެބްސައިޓް މެދުވެރިކޮށްގެންނެވެ. 

މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް  ޢަލީ ސަޢީދުއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ވަރަށްގިނަ ރަށްތަކުގައި އަދިވެސް ޤުރުއާން ކްލާސްތައް ހިންގުމާއި ދީނީ ކަންތައްތައް ކުރިއެރުވުމުގައި މާލީ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. އާންމު ފަރާތްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުން ދެވޭ ޞަދަޤާތާއެކު މި ކަންކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ އެތެރޭގެ ކަންކަމަށް އެހީތެރިކަން ދިނުމަށް  އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ގޮވާލެއްވިއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓް މެދުވެރިކޮށް ޞަދަޤާތުގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމަށާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުމަށާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމާއި، މިސްކިތް ބިނާކުރުމާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުން ހިމެނެއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވެބްސައިޓުގައި ޞަދަޤާތަށް ޚާއްސަ ޕޭޖެއް ފަރުމާކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco