Ads by Stelco

ޚަބަރު

މިއަންނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރަކީ ނިމިދިޔަ ދެ ސަރުކާރުން ނެގި ލޯނުތަކެއް: ޠާރިޤު

މިއަންނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރަކީ ނިމިދިޔަ ދެ ސަރުކާރުން ނެގި ލޯނުތަކެއް: ޠާރިޤު

މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު، އަޙުމަދު ޠާރިޤު ވާހަކަފުޅުދެއްކެވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޮކްޓޯބަރު 2025، 08:44

08 އޮކްޓޯބަރު 2025، 08:44

މިއަންނަ އަހަރު ދިވެހި ސަރުކާރުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރަކީ ނިމިދިޔަ ދެ ސަރުކާރުން ނެގި ލޯނުތަކެއް ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަޙުމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.

މަހިބަދޫގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޠާރިޤު ވިދާޅުވީ، ކުރީގެ ވެރިން ހިމެނޭހެން ބައެއް ފަރާތްތަކުން ރާއްޖެ ބަނގުރޫޓުވަނީއޭ ކިޔައި ޕޯޑިއަމް ތަކުގައި ވާހަކަފުޅު ދައްކަވާއިރު، ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމަކީ އެ ބޭފުޅުން ހިމެނިވަޑައިގެންނެވި ސަރުކާރުތަކުން ނެގި ލޯނުތަކުގެ ސަބަބުން ކުރިމަތިވި ޙާލަތެއް ކަމުގައެވެ.

މި ލޯނުތަކުގެ ތަފްސީލު ހާމަކުރައްވަމުން ޠާރިޤު ވިދާޅުވީ، މި އަންނަ އަހަރު ލޯނުގެ ގޮތުގައި ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ތެރެއިން 250 މިލިއަން ޑޮލަރަކީ ރައީސް އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސަނީ ސައިޑް ބޮންޑުގެ ނަމުގައި ނެގި ދަރަންޏެއް ކަމަށާއި، އަނެއް 250 މިލިއަން ޑޮލަރަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި ކޯވިޑުގެ ތެރެއިން ނެންގެވި ސުކޫކެއް ކަމަށެވެ. އަދި މި ސުކޫކަކީ ދަރުމަވަންތަ ހޮސްޕިޓަލާއި އަމިނިއްޔާ ސްކޫލު ރަހުނުކޮށްފައިވާ ސުކޫކެއްކަމަށް ވެސް ޠާރިޤު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުންވެސް، ސަރުކާރު ޙިއްސާވާ ކުންފުނިތައް މެދުވެރިކޮށް ވެސް ލޯނުތައް ނަގާފައިވާކަން ފާހަގަ ކުރައްވައި ޠާރިޤު ވިދާޅުވީ، އެ ހުރިހާ ލޯނެއް ދައްކަވަން ޖެހުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއަށް ކަމަށެވެ.

ޠާރިޤު ވަނީ ސަރުކާރަށް ލިބޭ އާމްދަނީއިން މި ލޯނުތައް ދެއްކުމަށް އޮންނަ ޖެހުންތައް ވެސް އޮޅުންފިލުވާދެއްވާފައެވެ. އެގޮތުން އާމްދަނީއަށް ގާތްގަނޑަކަށް 1 ބިލިއަނެއްހާ ޑޮލަރު ލިބޭއިރު ތެލަށް ޚަރަދު ކޮށްފައި، ލޯނު ދައްކަން އެކަށީގެންވާ މިންވަރެއް ނުހުންނަ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ޑޮލަރު ދިވެހި ފައިސާއަށް ބަދަލުކޮށްފައިވުމުން، އަދުގެ ސަރުކާރަށް އެކަމުންވެސް ލޯނު ދެއްކުމަށް ބުރަ އުފުލަން ޖެހުނުކަން މެންބަރު ފާހަގަކުރެއްވިއެވެ.

500 މިލިއަން ޑޮލަރުގެ އިތުރުން ވެސް ދެންހުރި ލޯނުތައް ދެއްކުމަށް ލުއި ހޯދުމުގެ ގޮތުން ސަރުކާރުން އިންޑިއާ އާއި ޗައިނާއާ މަޝްވަރާކޮށް، އެ ޤައުމުތަކަށް ދައްކަން ޖެހޭ ލޯނުގެ މުއްދަތު އިތުރުކޮށްފައިވާކަން ވެސް ޠާރިޤު ފާހަގަކުރެއްވެވިއެވެ. ނަމަވެސް މިއަންނަ އަހަރު ދައްކަން ހުރި ޖުމްލަ ލޯނުތަކުގެ އަދަދު 800 މިލިއަން ޑޮލަރަށް އަރާކަމަށް ވިދާޅުވިއެވެ. 

މިހާރު އަޅުގަނޑުމެން މިއަންނަ އަހަރު ބޭންކްރަޕްޓް ވެދާނެ ކަމަށް އޮތް ޝައްކުތައް ފިލައިފި. އެ ޝައްކުތައް ފިލުވާލުމަށްޓަކައި އަވަށްޓެރި ޤައުމުތައް، ޙާއްސަކޮށް އިންޑިއާއާއި ޗައިނާ މަޝްވަރާކުރުމަށް ފަހު އެ ޤައުމުތަކަށް ދައްކަން ޖެހޭ ލޯނުތަށް ލުއިތަކެއް ހޯއްދަވައި ދެއްވާ، މިއަންނަ އަހަރު ދައްކަންޖެހޭ 800 މިލިޔަން ޑޮލަރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއެކު ދެއްކުމަށް ފަހު އަދި ދެން ނުދެއްކެން އިން އަދަދު ކުރިން އެމްޑީޕީން ނަގާފައި އިން ލޯނުގެ ރޭޓަށް ވުރެ ކުޑަ ރޭޓެއްގައި ނަގައިގެން މާﷲ އިރާދަފުޅާއެކު ސަލާމަތް ވާނެ ކަމުގެ ފޮނި އުއްމީދު މިހާރު އަޅުގަނޑުމެންނަށް އެބައޮތް.

މެންބަރު ޠާރިޤު ވިދާޅުވިއެވެ.

މެންބަރު ވަނީ ސަރުކާރުން ގެނައި އިސްލާހުތަކުގެ ހެޔޮ ބަދަލެއް ރައްޔިތުންނަށް ފެންނާނީ އަންނަ އަހަރު ދައްކަން ޖެހޭ ލޯނުތައް ދެއްކިގެންކަން ފާހަގަކުރައްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން