ޚަބަރު
ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލ.ގަން: ފޮޓޯ- ރިވަރީސް ޑައިވިން ވިލެޖް

ފަރުދުން
08 އޮކްޓޯބަރު 2025، 10:30
08 އޮކްޓޯބަރު 2025، 10:30
ލ. ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ލ.ގަމުގައި ދެބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ރިޕޯޓު 7 އޮކްޓޯބަރު ގައި އެ އޮދާރާއަށް ލިބިފައިވާކަމަށެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން މައުލޫމާތު ދީފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 29 އަހަރުގެ 3 ފިރިހެނަކާއި 35 އަހަރުގެ އަންހެނަކާއި 34 ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ހަމައެކަނި ދިވެހިންކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.