Ads by Stelco

ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެބޭފުޅަކު އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެބޭފުޅަކު އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުން މަޖިލިސް އިދާރާ

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2025، 03:07

08 އޮކްޓޯބަރު 2025، 03:07

ހުސްވެފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް އަލްއުސްތާޛް އިބްރާހިމް އަފީފާއި އަލްއުސްތާޛާ ޝައުފާ އިބްރާހިމް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ އެ މަޤާމުތަކަށް އާންމުކޮށް ހުޅުވާލުމަށްފަހު ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން 7 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގެ މަރުހަލާގައި ރައީސް ނަން ފޮނުއްވެވި ބޭފުޅުންނާ އިންޓަވިއުކޮށް، މާކްސް ދީފައިވެއެވެ.  

އެގޮތުން، ޖުޑީޝަރީ ކޮމިޓީން %75 އަށްވުރެ މަތިން ގދ. މަޑަވެލި، މޭނާ، އަލްއުސްތާޛް މަހާޒު އަލީ ޒާހިރާއި ބ. ތުޅާދޫ، ގުލްބަހާރުގެ، އަލްއުސްތާޛް އިބްރާހިމް އަފީފާއި ދ. މީދޫ، އަކިރިވިލާ އަލްއުސްތާޛާ ޝައުފާ އިބްރާހިމާއި، ގދ. ގައްދޫ، ބީޗް ކޯނަރ އަހުމަދު ޔާމީނަށް މާކްސް ލިބިފައިވެއެވެ. 

މި ހަތަރު މެންބަރުންގެ މެދުގައި މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރެއްވުމަށް އިބްރާހިމް އަފީފާއި ޝައުފާ އިބްރާހިމްގެ ނަން ފާސްކުރައްވާފައިވަނީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.

މި ދެ ބޭފުޅުން ޓްރައިބިއުނަލަށް އައްޔަން ކުރައްވަނީ މިހާރު ހިނގާ ދައުރަށެވެ. ދައުރު ހަމަވާން އޮތީ ބާކީ ކުޑަދުވަސްކޮޅެކެވެ. މިހާރު ޤާނޫނު އޮތްގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަގާމެއް ހުސްވެއްޖެނަމަ އެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަކަށް މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން