Ads by Stelco

ޚަބަރު

ދިރާގު ހައި-ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފުޅައުކޮށްފި

ދިރާގު ހައި-ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފުޅައުކޮށްފި

ދިރާގު ހައި-ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފުޅައުކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

farudhun logo

ފަރުދުން

11 އޮކްޓޯބަރު 2025، 05:01

11 އޮކްޓޯބަރު 2025، 05:01

ދިރާގު ހައި-ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފުޅައުކޮށްފިއެވެ. މިއީ ރާއްޖޭގެ މުވާޞަލާތީ ކުންފުންޏަކުން މި ފަދަ ކާމިޔާބެއް ޙާޞިލުކުރި ފުރަތަމަ ފަހަރު ކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މި ކާމިޔާބާ އެކު، ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާޞަލާތީ ޑޭޓާ ނެޓްވޯކް ޤާއިމުކޮށްފައެވެ. މިއީ، ބަވަނަވެ ކުރިއަރައިފައިވާ ޤައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ޤައުމަކުން ނޫނީ ޙާޞިލުކޮށްފައިނުވާ ކަމެއް ކަމަށާއި، މީގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން އިތުރަށް ބާރުވެރި މުޖުތަމަޢުތަކެއް ބިނާވެ، އެ ފަރާތްތަކަށް ޑިޖިޓަލް މުސްތަޤުބަލުގައި ކުރިއެރުމުގެ ފުރުޞަތުތައް ފަހިވެގެންދާނޭ ކަމަށް ދިރާގުން ބުނެއެވެ.

ހަމަ އެހެންމެ، މި ކާމިޔާބަކީ ސަރުކާރުން ދިވެހިރާއްޖެ "ސްމަރޓް ނޭޝަން"އެއްގެ ގޮތުގައި ބައްޓަންކުރުމަށް މުޅި ރާއްޖޭގައި އިންޓަރނެޓް ޚިދުމަތުގެ ފެންވަރު މަތިކޮށް، އަގު ހެޔޮކުރުމުގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމުގައި ދިރާގުން ޞިފަކުރެއެވެ.

ދިރާގުގެ ހައި-ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފުޅައުކުރުމުގެ އުފަލުގައި އެ ކުންފުނިން ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާންގެ އިތުރުން، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އަދި ސަރުކާރުގެ އިސް ވެރީންނާއި ސިޓީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވީ، ޙަޤީޤީ މާނައިގައި ދިވެހިރާއްޖޭގެ ގުޅުން ޤާއިމުކޮށްފައިވާ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏަކީ ދިރާގު ކަމަށެވެ. އަދި ހަމަ އެހެންމެ، މުޅި ރާއްޖޭގެ އާބާދުވެފައިވާ އެންމެހައި ރަށްތަކަށް ހައި-ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދީ ނިންމައި، މި ފަހުރު ދިވެހިރާއްޖެއަށް އެ ޚިދުމަތް ހޯދައިދިން ކުންފުންޏަކީ ވެސް ދިރާގު ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

"ދިރާގުން ޙާޞިލުކުރި މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި، އަދި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ދިރާގަށް ވަރަށް އިޚުލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަން." ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީ.އީ.އޯ. އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާޢީލް ރަޝީދު ވިދާޅުވީ، ރާއްޖޭގެ މީހުން އުޅޭ ހުރިހައި ރަށެއްގައި ދިރާގު ހައި-ސްޕީޑް ބްރޯޑްބޭންޑް ޚިދުމަތް ޤާއިމުކޮށް ނިންމާލައިފައި މި ވަނީ އެ ކަމަށް ދުރާލާ ޕްލޭންކޮށް، ގިނަ އިންވެސްޓްމެންޓްތަކަކާ އެކު ގިނަ މަޝްރޫޢުތަކެއް ހިންގައިގެން ކަމަށެވެ.

މީގެ ތެރޭގައި، ބޭރު ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ހިންގުނު ސަބްމެރީން ކޭބަލް ޕްރޮޖެކްތަކުގެ އިތުރުން، ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ދިރާގުން އަޅައިފައިވާ ސަބްމެރީން ކޭބަލް ޕްރޮޖެކްޓްތައް ހިމެނޭ ކަމަށް ސީ.އީ.އޯ. ވިދާޅުވިއެވެ. އަދި މައި ނެޓްވަރކްގެ ކެޕޭސިޓީއާއި ފެންވަރު ރަނގަޅުކުރުމަށް ހިންގުނު ޕްރޮޖެކްޓްތަކާއި މީހުން އުޅޭ ރަށްތަކުގައި ފައިބަރ ނެޓްވަރކް އެޅުމަށް ފިޔަވަހިތަކަކަށް ބަހައިލައިގެން ހިންގުނު ޕްރޮޖެކްޓްތައް ވެސް މި ކަމުގައި ހިމެނޭ ކަމަށް ސީ.އީ.އޯ. ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ތަޞައްވަރު ޙަޤީޤަތަކަށް ހެދުމަށް ދިރާގުގެ މުވައްޡަފުން، ޕަރޓްނަރުން އަދި ސްޓޭކްހޯލްޑަރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަވަން." ދިރާގުގެ ސީ.އީ.އޯ. / މެނޭޖިންގ ޑިރެކްޓަރ، އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި އެންމެ ކުރީ ޞަފުގައި ޙަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޛަރީޢާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އެ ކުންފުންޏަށް މި ވީ 37 އަހަރުގެ ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމަޢުތައް ބާރުވެރިކުރުވުމަށާއި އެ ފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ޙައްލުތަކެއް ފޯރުކޮށްދެމުންނެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން