Ads by Stelco

ޚަބަރު

އަންހެން ކުދިންނަކީ ޙަޤީޤީ ކެތްތެރިކަމަކީ ކޮބައިކަން ދައްކުވައިދީ މަގުދައްކާ ބައެއް: ފަސްޓް ލޭޑީ

އަންހެން ކުދިންނަކީ ޙަޤީޤީ ކެތްތެރިކަމަކީ ކޮބައިކަން ދައްކުވައިދީ މަގުދައްކާ ބައެއް: ފަސްޓް ލޭޑީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު

farudhun logo

ފަރުދުން

11 އޮކްޓޯބަރު 2025، 07:29

11 އޮކްޓޯބަރު 2025، 07:29

 އަންހެން ކުދިންނަކީ ޙަޤީޤީ ކެތްތެރިކަމަކީ ކޮބައިކަން ދައްކުވައިދީ, އެހެން މީހުންނަށް މަގުދައްކާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަންހެންކުދިންގެދުވަހުގެ މުނާސަބާގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ، އަންހެންކުދިންގެ ހިތްވަރާއި، ވިސްނުންތޫނުކަމާއި އަދި އޯގާތެރިކަން ފާހަގަކޮށްފައެވެ. ހަމައެއާއެކު މުޖުތަމަޢުތަކުގައި ބަދަލުތައް ގެނައުމުގައި އިސްނަގައިގެން މަސައްކަތްކުރުމާއި، ދަތި އުނދަގޫ ވަގުތުތަކުގައި ސާބިތުކަމާއެކު ކެތްތެރިކަން ދައްކުވައިދިނުމާއެކު، އަންހެން ކުދިންނަކީ ޙަޤީޤީ ކެތްތެރިކަމަކީ ކޮބައިކަން އަޅުގަނޑުމެންނަށް ދައްކުވައިދީ މަގުދައްކާ ބައެކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.



މީގެ އިތުރުން، އަންހެން ކުދިންގެ އަޑު އަހައި، އެ ކުދިންނަށް އިޙްތިރާމް ލިބޭނެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި، އަދި އެ ކުދިންނަށް ތަޢުލީމު ޙާޞިލުކޮށް، މުޖުތަމައަށް ޙިދުމަތް ކުރުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ގޮތުން އަންހެން ކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 11 ވަނަ ދުވަހުއެވެ. މި އަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ "ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް" އެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން