ޚަބަރު
ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނުން ފޮޓޯ ނުވަތަ ވީޑިއޯ ލިކުވިކަމަށް ކުރާ ތުހުމަތަކީ ދޮގު ތުހުމަތެއް: ފުލުހުން

ޝަހީދު ހުސައިން އާދަމް ބިލްޑިންގ

ފަރުދުން
11 އޮކްޓޯބަރު 2025، 08:00
11 އޮކްޓޯބަރު 2025، 08:00
ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނުން ފޮޓޯ ނުވަތަ ވީޑިއޯ ލިކުވިކަމަށް ކުރާ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙިޤީޤު ކުރާ މައްސަލަތަކާ ގުޅިގެން ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތަށް ހިމެނޭހެން، ބެލެހެއްޓުމުގައި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް އުސޫލުތަކެއް ޤާއިމްކުރެވިފައިވާކަމަށެވެ. އެގޮތުން، މި އުސޫލުތަކުގެ ދަށުން އެ ތަކެއްޗާއި އޭގައި ހިމެނޭ މަޢުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވިފައިވާކަމަށްވެސް އެޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުޞަތު ނޯންނާނެކަމަށެވެ.ހަމައެއާއެކު ފުލުހުންގެ ޚިދުމަތުގެ ތަހުޤީޤުތައް ކުރިއަށްގެންދަނީ ޕްރޮފެޝަނަލްކަމާއެކު ޤާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެންކަމަށެވެ. އަދި ފުލުހުންގެ މަސައްކަތްތަކުގައި އިންސާނީ ހައްޤުތަކަށް އިޙުތިރާމްކުރުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަށް އަބަދުވެސް އިސްކަންދޭނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.