ޚަބަރު
ކަނޑިތީމުގައި ކަނޑި ތީމުގެ މޮނިޔުމެންޓެއް!

ކަނޑީތީމުގައި ބިނާކޮށްފައިވާ މޮނިޔުމެންޓް.

ފަރުދުން
12 އޮކްޓޯބަރު 2025، 05:08
12 އޮކްޓޯބަރު 2025، 05:08
އެނގި މަޝްހޫރުވެފައިވާ ގޮތުގައި، ދިވެހި ބަސް ލިޔުމުގައި ތަފާތު ގޮތްތަކެއް ބޭނުންކޮށްފައިވެއެވެ. ދިވެހި ބަސް ލިޔުމުގެ ނިޡާމު ބެހޭ މައިގަނޑު ތިން ބަޔަކީ: އެވޭލާ އަކުރު، ދިވެސް އަކުރު، އަދި ތާނަ އަކުރެވެ. މިހާރު ބޭނުންކުރަމުން އަންނަ ތާނަ އަކުރުން ލިޔެފައިވާ އެންމެ ޤަދީމީ ލިޔުމަކަށް މިހައިތަނަށް ފެނިފައިވާ ލިޔުމަކީ ށ. ކަނޑިތީމު ހުކުރު މިސްކިތު އުތުރު ދޮރުގެ ދެ ކަނީގައި ލިޔެފައި ހުރި ލިޔުމެވެ. އެ ދެ ދޮރުކަނީގައި ހުރި ލިޔުމުގެ ތާރީޚަކީ 1008 ހިޖުރީ (1599 މީލާދީ) އަދި 1020 ހިޖުރީ (1611 މީލާދީ)އެވެ. މި ސަބަބާ ހުރެ، ކަނޑިތީމު އިޝްތިހާރުކުރަނީ "ތާނައިގެ ރަށު"ގެ ނަމުންނެވެ.
ރަށުގެ މި ތާރީޚީ އަހަންމިއްޔަތު ހާމަކޮށްދިނުމަށް، ރަށުގެ ނަމާ ގުޅުވައިގެން ކަނޑިތީމުން ވަނީ "ކަނޑި ތީމުގެ" ޚާއްޞަ މޮނިޔުމެންޓެއް ތައްޔާރުކޮށްފައެވެ.
"ކަނޑިތީމު" މި ނަމުގައި އެކުލެވިގެންވަނީ ދެ ލަފުޡެވެ. އެކަކީ "ކަނޑި" މިއެވެ. އަނެކަކީ "ތީމު" މިއެވެ. ކަނޑި އެއީ ހަތިޔާރުގެ މަޝްހޫރު ބާވަތެކެވެ. "ތީމު" އެއީ ބޯދާ ދިވެހި ބަހުން "ރަށް" މިއެވެ.
ކަނޑިތީމުގެ ނަމުގައި "ކަނޑި" މި ލަފުޡު ހިމެނޭތީ، މޮނިޔުމެންޓެއްގެ ގޮތުގައި އެ ރަށުގައި ތައްޔާރުކޮށްފައިވަނީ ބިމަށް ޖަހާފައި ހުރި ކަނޑިއެކެވެ.
ހުރަހަށް އެ ކަނޑީގެ އުރަ ހަދާފައިވާ އިރު، އުރައިގެ މަތީގައި "ކނޑތމ" މި ފަދައިން ލިޔެފައި ހުރެއެވެ. އެއީ "ކަނޑިތީމު" ފިލި ނުޖަހައި ލިޔުނީމާ އޮންނަ ގޮތެވެ.
ށ. އަތޮޅު ކައުންސިލްގެ ކޮމިޔުނިޓީ ޕްރޮޖެކްޓެއް ކާމިޔާބުކޮށް، އެ ރަށު "ބުލޫ ގްލިޑް ފައުންޑޭޝަން" އާއި "ބިނާ ޓީމު" ގުޅިގެން ހަދަންފެށި އެ ބިނާ އެއްކޮށް ނިންމާލި އިރު، ރަށުގެ ވިޔަފާރިވެރީންނާއި ޢާންމުން ވެސް އެ ކަމަށް އެހީވި ކަމަށް ކައުންސިލްގެ ކަނޑިތީމު ރައީސް ވިދާޅުވިއެވެ.
"ޖަމްޢިއްޔާ ގްރާންޓް ކިޔާ ގްރާންޓެއް އޮންނާނެ އެކި އަތޮޅަށް ދޫކުރާ. ކުރިން 75،000 ރުފިޔާ. މިހާރު 100،000 ރުފިޔާ ދޫކުރާނެ. މި ރަށަށް ލިބުނު ގްރާންޓުން ރަށަށް ރަނގަޅު ކަމެއް... އެހެން ރަށްރަށުގައި ވެސް މިހާރު ހަދާތީ މޮނިޔުމެންޓެއް ރަށުގައި ނެތުމުން އަޞްލު މި ގޮތަށް ހަދަން ނިންމީ." ކައުންސިލްގެ ރައީސް އަޙުސަން ވިދާޅުވިއެވެ.
ކައުންސިލުން ބުނި ގޮތުގައި، މި މޮނިޔުމެންޓުގެ ހުރިހައި މަސައްކަތެއް ކުރީ ރަށު ޒުވާނުންނެވެ. މޮނިޔުމެންޓުގެ ޚިޔާލު އުފަން ކުރުމުން ފެށިގެން، ޑިޒައިން ކުރުމާއި ކުރެހުމާއި ޢަމަލީ މަސައްކަތުގައި ވެސް ބައިވެރިވީ ހަމަ ކަނޑިތީމު ޒުވާނުންނެވެ.