Ads by Stelco

ޚަބަރު

ށ.ނޫމަރާގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާއަޅައިފި

ށ.ނޫމަރާގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާއަޅައިފި

ނޫމަރާގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާއެޅުން: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

13 އޮކްޓޯބަރު 2025، 10:23

13 އޮކްޓޯބަރު 2025، 10:23

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާގައި އިމާރާތްކުރާ އައު މިސްކިތުގެ ބިންގާ އަޅައިފިއެވެ.

މި މިސްކިތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ފުރަތަމަ މަންޒިލް، ށ.ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ނޫމަރާގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވާދެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ހިމެނޭ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.

މި މިސްކިތުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ ދޮޅުއަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން