ދުނިޔެ

ޣައްޒާގައި ޤަޠުލް ޢާންމު ކުރިއަށް ގެންދިޔައިރުވެސް ޢަރަބި ޤައުމުތަކުން އިސްރާއީލާއެކު ގުޅުން ބަދަހިކުރި: ރިޕޯޓު

ޣައްޒާގައި ޤަޠުލް ޢާންމު ކުރިއަށް ގެންދިޔައިރުވެސް ޢަރަބި ޤައުމުތަކުން އިސްރާއީލާއެކު ގުޅުން ބަދަހިކުރި: ރިޕޯޓު

ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންތަކެއްގެ ހަށިގަނޑު ޖަނާޒާއަށް ގެންދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2025، 11:59

13 އޮކްޓޯބަރު 2025، 11:59

ޣައްޒާގައި ޤަޠުލް ޢާންމު ކުރިއަސް ގެންދޔައިރުވެސް ޢަރަބި ޤައުމުތަކުން އިސްރާއިލާ ގުޅުން ބަދަހިކޮށްފައިވާ ކަމަށް އެމެރިކާގެ ސިއްރު ލިޔެކިޔުންތަކަކުން ހާމަވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ. 

ވޮޝިންގްޓަން ޕޯސްޓުން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، އެމެރިކާގެ އެހީތެރިކަމާއެކު، އިސްރާއީލާއި ޤަޠަރު ހިމެނޭ ހަ ޢަރަބި ޤައުމެއްގެ އިސް ސިފައިން ބަހުރެއިން، މިޞްރު، ޖޯޑަން އަދި ޤަޠަރުގައި ބައްދަލުވުންތައް ބާއްވާފައިވެއެވެ.

ޤަޠަރުގެ އަލް-އުދައިދު އެއަރ ބޭސްގައި 2024 ގެ މޭ މަހު ބޭއްވުނު ބައްދަލުވުމެއްގައި، އިސްރާއީލުގެ ވަފުދު ސީދާ އެއަރ ބޭހަށް ދަތުރުކުރި ކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. މިއީ އާންމުންނަށް މި ކަން ހާމަވިޔަ ނުދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ސެންޓްކޮމްގެ ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންތަކުން ދައްކާ ގޮތުގައި، "ސަރަޙައްދީ ސަލާމަތީ އޮނިގަނޑު" ގެ ނަމުގައި އެކުލަވާލެވުނު މި އެއްބާރުލުމުގައި އިސްރާއީލާއި ޤަޠަރުގެ އިތުރުން، ބަހުރެއިން، މިޞްރު، ޖޯޑަން، ސަޢޫދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި އިމާރާތް ހިމެނެއެވެ. ކުވެއިތާއި އޮމާނަކީ "ކުރިމަގުގެ ބައިވެރިން" ގެ ގޮތުގައި ފާހަގަކޮށްފައިވާ ޤައުމުތަކެވެ.

ޖެނުއަރީ މަހު އެމެރިކާގެ ކެންޓަކީގައި ހުންނަ ފޯޓް ކެމްބެލްގައި ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައި، ބިމުގެ އަޑީގައި ހަދާފައިވާ ޓަނަލްތައް ދެނެގަތުމާއި ނައްތާލުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުނެވެ. މި ތަމްރީނުތަކުގައި ހަ ޤައުމަކުން ބައިވެރިވިކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. ނަމަވެސް މި ޤައުމުތަކުގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.

2023 ގެ އޮކްޓޯބަރުގައި ޣައްޒާގައި ހަނގުރާމަ ފެށުމުގެ ކުރިންނާއި ފަހުން، 2022 އާއި 2025 އާ ދެމެދު ތައްޔާރުކުރެވުނު މި ލިޔެކިޔުންތައް ވަނީ "ފައިވް އައިޒް" އިންޓެލިޖެންސް އިއްތިހާދުގެ މެންބަރުންނާވެސް ހިއްސާކުރެވިފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން