Ads by Stelco

ޚަބަރު

މީޑިއާ ކޮމިޝަންގެ މެމްބަރުކަމުގެ 3 މަޤާމަށް 10 ބޭފުޅުން ކުރިމަތިލައްވައިފި

މީޑިއާ ކޮމިޝަންގެ މެމްބަރުކަމުގެ 3 މަޤާމަށް 10 ބޭފުޅުން ކުރިމަތިލައްވައިފި

ރައްޔިތުންގެ މަޖިލިސް. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2025، 12:58

13 އޮކްޓޯބަރު 2025، 12:58

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރުންގެ މަޤާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. 

މި ނަންތައް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވިފައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަންކުރެވޭއިރު، 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހުން އައްޔަންކުރާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލެވުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވިއިރު ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރޭގައި މީޑިއާ ރެގިއުލޭޝަން ޤާނޫނަށް ގެނައި އިސްލާހާއެކު އުވާލެވުނު މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްބޭފުޅުންވެސް ހިމެނެއެވެ.

މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން މިހާރު ވަނީ ހޮވިފައެވެ. މިގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދު ހޮވިފައިވާއިރު، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފް ވަނީ ހޮވިފައެވެ.

މި ކޮމިޝަނުގެ ބާކީ ތިން މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު، އެންމެ އެކަށީގެންވާ ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން