ދުނިޔެ

ޙަމާސްއިން އިސްރާއިލުގެ އަސީރުންގެ ދެވަނަ ބެޗެއް މިނިވަންކޮށްފި

ޙަމާސްއިން އިސްރާއިލުގެ އަސީރުންގެ ދެވަނަ ބެޗެއް މިނިވަންކޮށްފި

ޙަމާސްއިން އިސްރާއިލްގެ އަސީރުން ދޫކޮށްލުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2025، 03:57

13 އޮކްޓޯބަރު 2025، 03:57

ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، ޙަމާސްއިން އިސްރާއިލްގެ އިތުރު އަސީރުންތަކެއް ދޫކޮށްލައިފިއެވެ. މިޔާއެކު މިއަދު ޙަމާސްއިން މިވަނީ ޖުމްލަ 20 އިސްރާއީލްގެ އަސީރުން ދޫކޮށްލައިފައެވެ.
ރެޑް ކްރޮސްގެ ބެލުމުގެ ދަށުން ދޫކޮށްލި އަސީރުންގެ ތެރޭގައި 13 މީހުން ދޫކޮށްލީ މިއަދު ޣައްޒާގެ ދެކުނުންނެވެ. އަދި އިތުރު 7 މީހުން ދޫކޮށްލީ ޣައްޒާގެ އުތުރުންނެވެ.
ހަމާސްގެ އަސްކަރީ ފިޔަ ކަމަށްވާ ޤައްސާމް ބްރިގޭޑްސްއިން ބުނެފައިވަނީ، އިސްރާއީލުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރާހާ ހިނދަކު، އެފަރާތުންވެސް އެއްބަސްވުމާއި އޭގައިވާ ވަގުތުތަކާ އެއްގޮތަށް ޢަމަލުކުރާނެ ކަމަށެވެ. އަދި މި އެއްބަސްވުމަކީ ފަލަސްތީނު ރައްޔިތުންނާއި މުޤާވަމަތުގެ ހަނގުރާމަވެރިންގެ ސާބިތުކަމުގެ ނަތީޖާއެއް ކަމުގައި ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް 2،000 ފަލަސްތީނު އަސީރުން ދޫކޮށްލެވޭނެއެވެ. މީގެ ތެރޭގައި ޣައްޒާގެ 1،700 ރައްޔިތުން ހިމެނެއެވެ. އަދި އުމުރަށް ޖަލަށްލެވިފައިވާ ނުވަތަ ދިގު މުއްދަތަކަށް ޙުކުމް ކުރެވިފައިވާ 250 އަސީރުންވެސް ހިމެނެއެވެ.
ދޫކޮށްލެވޭ ފަލަސްތީނު އަސީރުންގެ ތެރެއިން 135 މީހުން ޣައްޒާއަށް ނުވަތަ ބޭރު ޤައުމުތަކަށް ފޮނުވާލެވޭނެއެވެ. އަދި 100 މީހުން ހުޅަނގު އައްސޭރިއަށް ފޮނުވާލެވޭއިރު، 15 މީހުން އިސްރާއީލުން ފޭރިގަނެފައިވާ  އިރުމަތީ ޤުދުސްއަށް ދޫކޮށްލެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން