Ads by Stelco

ޚަބަރު

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ބަސް ދަސްކޮށްދިނުމަށް ޕްރޮގްރާމެއް ފަށަނީ

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ބަސް ދަސްކޮށްދިނުމަށް ޕްރޮގްރާމެއް ފަށަނީ

ބަސް ދަސްކޮށްދިނުމާގުޅޭ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 އޮކްޓޯބަރު 2025، 09:08

14 އޮކްޓޯބަރު 2025، 09:08

އެންމެ ގިނައިން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ބަސް ދަސްކޮށްދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ފެށުމުގެ ގޮތުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމްގެ މަޤުސަދަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ޤައުމުތަކުގެ މީހުން ވާހަކަ ދައްކާ ބަސްބަހުން މުޢާމަލާތުކުރުމަށް ދިވެހީން ތަމްރީނުކުރުމެވެ. 

މި ޕްރޮގްރާމްގެ ދަށުން 625 ފުރުސަތު ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ. 

ބަސް ދަސްކޮށްދިނުމާގުޅޭ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ 


މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ މެންޑަރިން، އަރަބި، ފަރަންސޭސި، ޖަރުމަން އަދި ރަޝިއާ ބަހާއި ކޮރެއާ ބަހުން ވާހަކަ ދައްކާ ފަތުރުވެރިންނެވެ.

އަދި މި ޕްރޮގްރާމްއާއެކު، ގިނަ ބަސްބަހުން މުޢާމަލާތްކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިއޮތް ގޮންޖެހުމުން އަރައިގަތުމަށް އެހީވެދޭނެ ކަމުގައި އެ ވުޒާރާއިން ހާމަކުރެއެވެ.

އަދި ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާއި ފަތުރުވެރިންނާ ދެމެދު މި އޮތް މުޢާމަލާތުކުރުމުގެ ދަތިކަން ނައްތާލެވިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ގިނަ ބަސްބަސް އެނގުމަކީ، ވަޒީފާ ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމެއްކަމުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ. 



މި ޕްރޮގްރާމްގެ ޓިއުޝަން ފީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައި ވަނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިންނެވެ.

ތަމްރީނުކުރާނެ ބަސްތަކާއި ތަމްރީނުކުރާނެ ދަރިވަރުންގެ އަދަދު:

  • މެންޑަރިން - 200
  • ފްރެންޗް - 50
  • ޖަރުމަން - 50
  • ޖަޕަނީޒް - 50
  • އަރަބި - 50
  • އިޓާލިއަން - 25

Ads by MSS

މި ލިޔުން ކިޔާލުމުން