Ads by Stelco

ޚަބަރު

ށ. ފޭދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ށ. ފޭދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ށ. ފޭދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 އޮކްޓޯބަރު 2025، 09:51

14 އޮކްޓޯބަރު 2025، 09:51

މިލަދުންމަޑުލު އުތުރުބުރީ ފޭދޫގައި ޤާއިމްކުރުމަށް ނިންމާފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާ އަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ފޭދޫއަށް ވަޑައިގެންނެވުމަށްފަހުއެވެ. 

މި ސެންޓަރުގެ ބިންގާއަޅުއްވާދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް އަބްދުالله ރާފިޢުއެވެ. އެ މަނިކުފާނުގެ އަރިހުގައި، މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި އެމްޑީ، އިބްރާޙިމް ޝަރީފް މުޙައްމަދު އާއި ފޭދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ގިނަ ރަށްތަކެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން ހާމަކުރަނީ، މަސައްކަތުގެ ތާވަލާ އެއްގޮތަށް މަޝްރޫޢުތައް ނިންމަވާނެކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން