Ads by Stelco

ޚަބަރު

ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ޚާއްޞަ ކޮށްފައިވާ ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް ޓޯކުރާނެ: ފުލުހުން

ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ޚާއްޞަ ކޮށްފައިވާ ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް ޓޯކުރާނެ: ފުލުހުން

ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ޚާއްޞަ ކޮށްފައިވާ ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް: ފޮޓޯ- ފުލުހުން

farudhun logo

ފަރުދުން

14 އޮކްޓޯބަރު 2025، 01:28

14 އޮކްޓޯބަރު 2025، 01:28

ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ޚާއްޞަ ކޮށްފައިވާ ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް ޓޯކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. 

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްތެއްގައި ފުލުހުން ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ޚާއްޞަ ކޮށްފައިވާ ޒޯންތަކުގައި ޕާކްކޮށްފައިވާ ސައިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. އެގޮތުން މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ކަނޑައެޅިފައިވާ ޒޯންތަކަކީ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ތަންތަންކަމަށްވުމާއެކު އެއްވެސް ފަރާތަކުން އެތަންތަނުގައި ސައިކަލް ޕާކު ނުކުރުމަށް އެ އިދާރާއިން އިލްތިމާސް ކުރައްވާފައިވެއެވެ.


މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކްކުރުމަށް ކުއްޔަށް ދޫކޮށްފައިހުރި ޕާކިން ސްލޮޓްތައް ނަގައި، އެތަންތަން އާންމު ޕާކިންއަށް ދޫކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މާލެސިޓީ ކައުންސިލަށް އަންގާފައިވަނީ ހުސްވި ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އެކަމާ ގުޅިގެން މާލެ ސިޓީކައުންސިލުން ވަނީ ސެޕްޓެމްބަރުމަހުގެ ނިޔަލަށް މުއްދަތު ހަމަވާ ސްލޮޓްތައް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އަލުން އިތުރު ނުކޮށް، މިޒޯންތަށް އާންމުކޮށް ހުޅުވާލާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން