Ads by Stelco

ޚަބަރު

ސިނގިރޭޓުތަށް ގެއްލުނު މައްސަލައިގަ މުވައްޒަފެއްގެ ބައިވެރިވުން އޮތްކަން ތަޙުޤީޤުން ހާމަވެއްޖެނަމަ، އެންމެ ހަރުކަށި ފިޔަވަޅުއަޅާނަން: ކަސްޓަމްސް

ސިނގިރޭޓުތަށް ގެއްލުނު މައްސަލައިގަ މުވައްޒަފެއްގެ ބައިވެރިވުން އޮތްކަން ތަޙުޤީޤުން ހާމަވެއްޖެނަމަ، އެންމެ ހަރުކަށި ފިޔަވަޅުއަޅާނަން: ކަސްޓަމްސް

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: އަދަދު

farudhun logo

ފަރުދުން

15 އޮކްޓޯބަރު 2025، 12:59

15 އޮކްޓޯބަރު 2025، 12:59

 އެމްޕީއެލް ހުޅުމާޅެ ބަނދަރުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރުން ސިނގިރޭޓުތަށް ގެއްލުނު މައްސަލައިގައި ކަސްޓަމްސް އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ހާމަވެއްޖެނަމަ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އެ އޮފިސަރަކާ ދެކޮޅަށް އަޅާނެ ކަމުގެ ޔަގީންކަންދޭކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

މިމައްސަލައާއި ގުޅިގެން ކަސްޓަމްސްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހިފަހައްޓާފައިހުރި 1360 މާސްޓަރ ކާޓަން ސިނގިރޭޓް, ހުޅުމާލެ އެމްޕީއެލް ޓަރމިނަލުގައި ހުއްޓާ ވަގަށް ނަގާފައިވާތީ، އެމައްސަލަ ތަހުުޤީޤު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ކަސްޓަމްސްއިން އިތުރަށް ވިިދާޅުވީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ސިނގިރޭޓް ކާޓަންތައް ގެއްލުނު މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަޙުޤީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. 

ހަމައެއާއެކު، ސިނގިރެޓްތައް ގެއްލުނު މައްސަލައިގައި ކަސްޓަމްސް އޮފިސަރެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިދާރާއިން ކަސްޓަމަށް އަންގާފައިވާ ކަމަށާއި، މިމައްސަލައިގައި ކަސްޓަމްސް އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަޙުޤީގަށް ހާމަވެއްޖެނަމަ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އެ އޮފިސަރަކާ ދެކޮޅަށް އަޅާނެ ކަމުގެ ޔަގީންކަންވެސް ކަސްޓަމްސް އިން ދީފައިވެއެވެ. 

ކަސްޓަމްސްއިން އިތުރަށް ވިދާޅުވީ، މިފަދަ ހާދިސާތައް ތަކުރާރުތައް ވިޔަ ނުދިނުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން