ދުނިޔެ
ޙަމާސްއިން އަހަރެންގެ ދަރިފުޅާމެދު ކަންތައްކުރީ ވަރަށް ހެޔޮކޮށް: ޙަމާސްގެ އަސީރެއްގެ ގޮޮތުގައި ހުރި މީހެއްގެ ބައްޕަ
ހަމާސްއިން ހައްޔަރުކުރި އިސްރާއިލްގެ ސިފައިންގެ މީހެއް
ޙަމާސްއިން އަސީރެއްގެ ގޮތުގައި ހައްޔަރުކޮށްގެން ގެންގުޅު އިސްރާއިލްގެ ސިފައިންގެ މީހަކާއި މެދު ޙަމާސްގެ މުޖާހިދުން ޢަމަލުކުރި ގޮތް އޭނާގެ ބައްޕަ ހާމަކޮށްފިއެވެ.
އިސްރާއީލްގެ ސިފައިންގެ މީހެއް ކަމަށްވަ މަތާން އެންގަރސްޓްގެ ބައްޕަ ހަގާއީ އެންގަރސްޓް ބުނެފައިވަނީ، އޭނާގެ ދަރިފުޅު ޙަމާސްގެ ބަންދުގައި ހުރިއިރު އެ ޖަމާޢަތުން އޭނާއާމެދު ކަންތައް ކޮށްފައިވަނީ ވަރަށް އިންސާނިއްޔަތުކަމާ އެކުގައި ކަމަށެވެ. ޗެނަލް 2 އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވާ
ގޮތުގައި، އޭނާގެ ދަރިފުޅަށް ދުވާލަކު ތިން ފަހަރު އަޅުކަންކުރުމުގެ ފުރުސަތު ލިބުނެވެ.
އެންގަރސްޓް ބުނީ، އޭނާގެ ދަރިފުޅު އެކި ތަންތަނަށް ބަދަލުކުރެވުނެވެ. "އޭނާގެ ހާލަތު ވަރަށް ދަތިވި. އެއީ އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރި ސިފައިންނެއް" އޭނާ ބުންޏެވެ. އަދި އޭނާގެ ދަރިފުޅަށް ކާން ބޭނުން އެއްޗެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބުނު ކަމަށްވެސް ބުނެފައިވެއެވެ.
މީގެ ކުރިން ދޫކޮށްލެވުނު އިސްރާއީލީ އަސީރުން، އެއީ ސިފައިންނާއި މުސްތައުޠިނުން ވެސް، ގިނަ އިންޓަވިއުތަކެއްގައި ކަށަވަރުކޮށްދީފައިވަނީ ޙަމާސްގެ މުޖާހިދުން އެމީހުންނާމެދު ކަންތައް ކޮށްފައިވަނީ އިންސާނިއްޔަތުކަމާ އެކުގައި ކަމަށެވެ. އެމީހުން ބުނާ ގޮތުގައި، މުޖާހިދުން އިސްރާއިލުން ދޭ ވައިގެ ހަމަލާތަކަށްވުރެ އަސީރުންނާއި މެދު އަނިޔާވެރިވެވިދާނެތީ ބިރުވެތިވާކަމަށެެވެ.
އަންހެން އަސީރުންވެސް ބުނެފައިވަނީ އެމީހުން ބަންދުގައި ތިބި މީހުންނާއެކު ރަޙްމަތްތެރިކަމާއެކު ވާހަކަދެއްކިކަމަށެވެ. ނަމަވެސް، ފުރަތަމަ ގްރޫޕްގެ އަސީރުން ދޫކޮށްލުމަށްފަހު، އިސްރާއީީލްގެ އޮތޯރިޓީތަކުން ދޫކޮށްލެވޭ އަސީރުންގެ ބަޔާންތައް ދޫކުރުމުގައި ހަރުކަށި ކޮންޓްރޯލްތަކެއް ގެންގުޅެން ފަށާފައިވެއެވެ. މިފިޔަވަޅު އަޅާފައިވަނީ، ކުރީކޮޅު ދޫކޮށްލެވުނު އަސީރުން ދީފައިވާ ހެކިބަސްތަކުގައި، އިސްރާއީލުގެ ޕްރޮޕެގެންޑާއާ ޚިލާފަށް، މުޤާވަމާއިން އެމީހުންނާމެދު އިންސާނިއްޔަތުކަމާއެކު ކަންތައްކުރި ކަމަށް ބުނެފައިވާތީއެވެ.