Ads by Stelco

ޚަބަރު

ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރަން ޖެހޭ: މެޑަމް ސާޖިދާ

ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރަން ޖެހޭ: މެޑަމް ސާޖިދާ

ކާބޯތަކެތީގެ ރައްކައުތެރިކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން / ތަޞްވީރު: ރައީސް އޮފީސް

farudhun logo

ފަރުދުން

16 އޮކްޓޯބަރު 2025، 02:49

16 އޮކްޓޯބަރު 2025، 02:49

މޫސުމީ ބަދަލުތަކާއި، އެހެނިހެން ކާރިޘާތަކާއި ޙާދިޘާތަކުގެ ވަޤުތުތަކުގައި، ޙާލުގައި ޖެހޭ މީހުންނަށް ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ޤައުމުތަކުން އަތުގުޅާލައި، އެއްބައިވަންތަކަމާ އެކު މަސައްކަތްކުރާން ޖެހޭ ކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މި ފަދަިއން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. 

އެކަމަނާގެ ޕޯސްޓުގައި ވިދާޅުވީ، ކާބޯތަކެއްޗަކީ އަސާސީ ބޭނުމެއްގެ އިތުރުން، އިންސާނީ ޙައްޤެއް ކަމަށެވެ. ހެދިބޮޑުވުމުގައި ބޭނުންވާ، ޞިއްޙަތަށް ލާބަ ހުރި ކާނާ ލިބުމަކީ ކޮންމެ ފަރުދަކަށް ވެސް ކަށަވަރުވާން ޖެހޭ ޙައްޤެއް ކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.

މި ގޮތުން، ތަފާތު ކާރިޘާތަކާއި ޙާދިޘާތަކާ ކުރިމަތިލަމުންދާ އެތައް ބަޔަކު ދިރިއުޅެމުންދާއިރު، މި ފަރާތްތަކަށް، ހަށިގަނޑަށް އެތެރެކުރުމަށް ރައްކައުތެރި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް އެކިއެކި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މިއީ ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިކޮށްދިނުމާއި، ބަނޑުހައި ހޫނުކަން ނައްތާލުމާއި، ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަން މެޑަމްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

އަދި މިއީ ޘަޤާފީ ގޮތުން ބެލިއަސް، މުޖުތަމަޢުތައް ގުޅުވައިދީ، ގުޅުން ބަދަހިވުމުގެ ވަރަށް މުހިންމު ބަހާއެއްކަމަށް އެ ކަމަނާ ވިދާޅުވިއެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން