Ads by Stelco

ޚަބަރު

މުޅި ރާއްޖެއަށް ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 36 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅާނެ ބަޔަކު ހޯދަނީ

މުޅި ރާއްޖެއަށް ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 36 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅާނެ ބަޔަކު ހޯދަނީ

އުކުޅަހުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން

farudhun logo

ފަރުދުން

19 އޮކްޓޯބަރު 2025، 11:27

19 އޮކްޓޯބަރު 2025، 11:27

ދިވެހި ސަރުކާރުން ކުރިއަށްގެންދާ، މުޅި ރާއްޖެއަށް ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން 36 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅާނެ ބަޔަކު ހޯދަން އިޢުލާނުކޮށްފިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ،  36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާކަމަށެވެ.  އެޚިދުމަތުން މިހާރުވަނީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ އޮކްޓޫބަރު 20 ވަނަ ދުވަހުގެ 12:00 އެވެ. 

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް، ފުލުހުންގެ އަމިއްލަ އިމާރާތް ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ފައްޓަވާފައިވާ މަސައްކަތެކެވެ. އެގޮތުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ މަރުކަޒުތައް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. 

ސަރުކާރުން އަލަށް އިމާރާތްކުރާ ފުލުހުންގެ ސްޓޭޝަންތަކުގައި ތަޙުޤީޤުކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މި ފެސިލިޓީތައް ރަށްރަށުގައި ޤާއިމުކުރެވުމާއެކު ކުށުގެ ވެށި ނައްތާލުމަށާއި ކުށުގެ ވެށީގައި މީހުން ހަރުނުލާނެ ގޮތްގޮތަށް ފުލުހުންގެ މަސައްކަތް ތަރުތީބުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން