Ads by Stelco

ޚަބަރު

ކާނާގެ ޔަޤީންކަން ކަށަވަރުކޮށް، ބޭރު ޤައުމުތަކަށް ބަރޯސާވުން ކުޑަކުރަން ޖެހޭ: ވަޒީރު

ކާނާގެ ޔަޤީންކަން ކަށަވަރުކޮށް، ބޭރު ޤައުމުތަކަށް ބަރޯސާވުން ކުޑަކުރަން ޖެހޭ: ވަޒީރު

"ފެހި ދިރުން އެކްސްޕޯ" އިފްތިތާޙުކުރުމުގެ ތެރެއިން.

farudhun logo

ފަރުދުން

19 އޮކްޓޯބަރު 2025، 05:55

19 އޮކްޓޯބަރު 2025، 05:55

ހަށިގަނޑަށް ދުޅަހެޔޮ ކާނާގެ ޔަޤީންކަން ކަށަވަރުކޮށް، ކާބޯތަކެތި ލިބިގަތުމުގައި ރާއްޖޭން ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިންތިޡާމުކޮށްގެން އިއްޔެ ހުޅުމާލޭގައި ބޭއްވި "ފެހި ދިރުން އެކްސްޕޯ" ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމާ ގުޅިފައިވާ އަދި ޤައުމެއްގެ ނިސްބަތުގައި އެ ޤައުމެއްގެ ސަލާމަތާ ގުޅުން ހުރި ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަ ޤައުމެއް ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ދަނޑުވެރިކަމުގެ މުހިންމުކަން މިހާރު ވަނީ ކުރިއަށް ވުރެ ބޮޑުވެފައި ކަމަށެވެ.

މި ކަމުގައި އެންމެ ކުރީ ޞަފުގައި ތިބީ ހީވާގި ދަނޑުވެރިން އަދި ދަނޑުވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތައް.

ވަޒީރު އާދަމް ޝަރީފް ޢުމަރު 

އެ މަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ދަނޑުވެރިކަން އަދު މިވަނީ ފުޅައުވަމުން ގޮސް، ބިން ކުޑަ ތަންކޮޅުގައި ވެސް ކާބޯތަކެތި އުފެއްދޭ ގޮތް ފަހިވެފައެވެ. ރާއްޖޭގެ ބައެއް ގޮވެތި ގެދޮރުގައި އަމިއްލަ ބޭނުމަށް ފުދޭ ވަރަށް ވުރެ އިތުރަށް ފަތްޕިލާވެލީގެ ތަފާތު ވައްތަރުތަކާއި، މިރުހާއި އަދި މޭވާގެ ބާވަތްތައް ހައްދަމުން ދެއެވެ. ވީމާ، އެއީ ވަރަށް މުހިންމު ކަމެއް ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ގަސް ހެއްދުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ފުރިހަމަކަމެއް ގެނެސްދޭ ކަމެއް ކަމަށެވެ.

ޤުދުރަތީ ފެހިކަމުން ވަރަށް ބޮޑަށް ހިތްހަމަޖެހުން ގެނެސްދޭ. މި ގޮތުން، ގޭގައި ކާބޯތަކެތީގެ ގަހާއި މައުގަސް ހެއްދުން އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަމުން ދިއުމަކީ އުފާވެރި ކަމެއް.

ވަޒީރު އާދަމް ޝަރީފް ޢުމަރު

ވަޒީރު އާދަމް ޝަރީފް ޢުމަރުގެ ވާހަކަފުޅުގައި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ބިމުގެ ޖާގައިގެ ދަތިކަމާ އެކުގައި ވެސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރެއްވިއެވެ.

ޢާންމުންގެ ބައިވެރިވުމާ އެކު، ރާއްޖޭގެ ހުރިހައި ރަށަކީ ވެސް ބަގީޗާތަކުން ޒީނަތްތެރި ކުރެވިފައިވާ މާޙައުލަކަށް ބަދަލުކޮށްލުމަށް ވަޒީރު ގޮވައިލެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން