ކުޅިވަރު / ޚަބަރު

ލ. ހިތަދޫ ވޮލީ ކޯޓުގެ ޢަމަލީ މަސައްކަތް ފަށައިފި

ލ. ހިތަދޫ ވޮލީ ކޯޓުގެ ޢަމަލީ މަސައްކަތް ފަށައިފި

ލ. ހިތަދޫ ވޮލީ ކޯޓުގެ ޢަމަލީ މަސައްކަތް ފެށުން---

farudhun logo

ފަރުދުން

21 އޮކްޓޯބަރު 2025، 08:46

21 އޮކްޓޯބަރު 2025، 08:46

ލ. ހިތަދޫގައި ސަރުކާރުން ތަރައްޤީކުރާ ވޮލީ ކޯޓުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތް ފަށާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ހައްދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ކުރެއްވެވި ޒިޔާރަތުގައެވެ.

ވޮލީ ކޯޓުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 1.24 މިލިއަން ރުފިޔާއަށެވެ. އަދި އެ ކުންފުނިން 120 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަންޖެހެއެވެ.

މި މަޝްރޫއު ފަށްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބުދުالله ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ، (ރޓ) އަހުމަދު ސަޢުދީ އާއި ހިތަދޫ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ސްކޯޕް ތެރޭގައި ކޮންކްރިޓް މަސައްކަތާއި ދަގަނޑުގެ މަސައްކަތާއި ކަރަންޓްގެ މަސައްކަތާއި ޓާފް އެޅުމާއި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން