ޚަބަރު
ދިރާގު ރޯޑްރޭސް ކުރިއަށްދާވަގުތު ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
 
                    ދިރާގު ރޯޑް ރޭސް 2023: ފޮޓޯ- މިހާރު
 
                            ފަރުދުން
22 އޮކްޓޯބަރު 2025، 01:08
22 އޮކްޓޯބަރު 2025، 01:08
16 ވަނަ ދިރާގު ރޯޑްރޭސް ކުރިއަށްދާވަގުތު މަގުމަތީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކާއި ފައިމަގުގައި އުޅޭފަރާތްތަކުން ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން ކޮށްފައިވާ އިޢުލާނެއްގައި ވަނީ ދިރާގުގެ ފަރާތުން އިންތިޒާމުކުރާ 16 ވަނަ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" 24 އޮކްޓޯބަރ 2025 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ އެދުވަހުގެ މެންދަމު 2:00ން ފެށިގެން ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.
އެޗްޑީސީން އިތުރަށް ވިދާޅުވީ، މި ހަރަކާތް ހިނގަމުންދާ ވަގުތުތަކުގައު އިވެންޓުގެ ބައިވެރިންނާއި މަގުމަތީ ދުއްވާ އުޅަނދުފަހަރު އަދި ފައިމަގުގައި އުޅޭ ފަރާތްތަކުުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކއި، ކަނޑައެޅިފައިވާ ސަރަޙައްދަށް ވަދެނުކުތުމަށް ވަގުތީ ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގައެވެ. އެޗްޑީސީން ވަނީ މި ހަރަކާތް ކުރިއަށްދާ ސަރަޙައްދުގެ ޗާޓެއް އާންމުކޮށްފައެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ދުވުން، ދިރާގު ރޯޑް ރޭހުގައި ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވެ އެވެ. މިއަހަރުުގެ ރޯޑްރޭސް އޮންނާނީ މިމަހުގެ 25ވަނަ ދުވަހުއެވެ.
 
                 
                                         
                 
                 
                                             
                                            