Ads by Stelco

ޚަބަރު

ސްޕެޝަލް އެންވޯއީ، 'އީއީއޭއެސް' ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒްއާ ބައްދަލުކުރައްވައިފި

ސްޕެޝަލް އެންވޯއީ، 'އީއީއޭއެސް' ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒްއާ ބައްދަލުކުރައްވައިފި

ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޮކްޓޯބަރު 2025، 05:24

22 އޮކްޓޯބަރު 2025، 05:24

ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސް (އީއީއޭއެސް) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒްއާ ބައްދަލުކުރައްވައިފިއެވެ.

އީއީއޭއެސް ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް، ހިޒް އެކްސަލަންސީ މިސްޓަރ އޫލޮފް ސްކޫގްއާ ބައްދަލުކުރައްވާފައި ވަނީ، ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގް 2025 ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ހެޔޮވެރިކަމާއި، ޑިމޮކްރަސީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަގުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. ހަމަ އެއާއެކު، ގަވަރނަންސްއާއި ސަލާމަތީ ގޮތުން އެއްބާރުލުންދިނުން ފަދަ ދާއިރާތަކުން، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އިން ދިވެހިރާއްޖެއަށް ދާއިމީ ގޮތެއްގައި ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށްޓަކައި ޑރ. ވަޙީދު ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި، މިސްޓަރ ސްކޫގް ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، އެކަމުގެ ސަބަބުން އީ.ޔޫ އަށް ފޯރާނެ އަސަރުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ. ހަމަ އެއާއެކު، ގިނަ ޤައުމުތައް ހިއްސާވާ ޕްލެޓްފޯމްތަކުގައި ގުޅުން ބަދަހިކުރެވޭނެ އިތުރު ފުރުޞަތުތަކެއް ހޯއްދެވޭނެކަމަށް އުންމީދު ކުރައްވާކަމުގައި މިސްޓަރ ސްކޫގް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ، ބައިނަލްޤްވާމީ ދާއިރާތަކުން ދެފަރާތުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދިނުމާއެކު ދިވެހިރާއްޖެއާއި އީޔޫއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން