Ads by Stelco

ޚަބަރު

ވަޤުފް ބިނާއިން އަހަރަކު 10 މިލިއަން އިސްލާމިކް ވަޤުފު ފަންޑަށް ލިބޭނެ: ވަޒީރު ޝަހީމް

ވަޤުފް ބިނާއިން އަހަރަކު 10 މިލިއަން އިސްލާމިކް ވަޤުފު ފަންޑަށް ލިބޭނެ: ވަޒީރު ޝަހީމް

ވަޤުފް އިމާރާތް ދާރުލް އަރްޤަމްގެ ކުރެހުމެއް: ފޮޓޯ- އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

23 އޮކްޓޯބަރު 2025، 11:24

23 އޮކްޓޯބަރު 2025، 11:24

އަލަށް ޤާއިމްކުރާ ވަޤުފް ބިނާއިން އަހަރަކު 10 މިލިއަން އިސްލާމިކް ވަޤުފު ފަންޑަށް  ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ދެވަނަ ޒަމާނީ ވަޤްފު ބިނާ (ދާރުލްއަރްޤަމް)ގެ ޢަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި 26 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިިވާކަމަށެވެ. އަދި މިތަނުން އަހަރަކު 10 މިލިއަން އިސްލާމިކް ވަޤުފު ފަންޑަށް ލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ. 


މާލެ ސަރަހައްދުގައި ވަޤުފްގެ ދެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެ ދެ މަޝްރޫޢުގެ ނަފާ މުޅި ރާއްޖެއަށް ބެހިގެންދާނެކަމަށާއި މި ހުރިހައި މަޝްރޫޢެއްގެ އަމަލީ މަސައްކަތް ލަސްވެގެން ޖަނަވަނީ މަހުގައި ފެށިގެން ދާނެކަމަށް މީގެ ކުރިން ވަޒީރު ވިދާޅުވިއެވެ. 

މާލެ ސަރަޙައްދުގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިގޮތުން އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށި، 10 މިލިއަން، ތިނަދޫ 10 މިލިއަން، ވިލިނގިލި 10 މިލިއަން ވަޤުފު އުފައްދަން އިންވެސްޓްކުރެވިގެންދާނެކަމަށާއި މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ޚަރަދު ކުރެވިގެންދާނީ އެސިޓީތަކުގެ އިސްލާމީ ކަންކަން ކުރިއެރުވުމަށްކަމަށެވެ. އެގޮތުން މިސްކިތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށް މިކަމުން ޚަރަދުކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޤުފް މަޝްރޫޢުތަކަކީ އިސްލާމީ ދާއިރާއިން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގައި ހިމެނޭ އެންމެ ބޮޑު މަޝްރޫޢުއެވެ. މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެކެވެ.  


Ads by MSS

މި ލިޔުން ކިޔާލުމުން