ޚަބަރު
ކުރީގެ އިޢުލާން ބާތިލްކޮށް، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި
ޓެކްސް އެޕީލް ޓްރައިބިއުނަލް---
ފަރުދުން
23 އޮކްޓޯބަރު 2025، 09:11
23 އޮކްޓޯބަރު 2025، 09:11
ކުރީގެ އިޢުލާން ބާތިލްކޮށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
މި ފުރުސަތު އަލުން ހުޅުވާލުމަށް ކުރި އިޢުލާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 5 މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 6 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި މަޤާމަށް އެދި ހުށަހެޅޭނީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއެކެވެ.