ޚަބަރު
ރަށު ކައުންސިލު އައުމުން މީދޫ ފެނިގެންދާނީ ކުޑަ ދުބާއީއެއްގެ ގޮތަށް: މީދޫ ކައުންސިލަރު
މީދޫ ކައުންސިލަރު އާމިނަތު ޞާލިޙާ.
ފަރުދުން
25 އޮކްޓޯބަރު 2025، 04:44
25 އޮކްޓޯބަރު 2025، 04:44
މިއަދު ނެގޭ ވޯޓާ އެކު، އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ރަށު ކައުންސިލަކަށް ބަދަލުވުމުން، މީދޫ ފެނިގެންދާނީ ކުޑަ ދުބާއީއެއްގެ ގޮތަށް ކަމަށް މީދޫ ކައުންސިލަރު އާމިނަތު ޞާލިޙާ ވިދާޅުވެއްޖެއެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލު އެކުލަވައިލާން ފެނޭތޯ ބެލުމަށް ފޭދޫ، މީދޫ، އައި ހުޅުދޫގައި އަދު ވޯޓު ނަގަމުން ދެއެވެ.
މީދޫގައި މުސްތަޤިއްލު ރަށު ކައުންސިލެއް އުފެއްދުމާ އެއްކޮޅަށް ދެއްކެވި ވާހަކަފުޅުގައި ކައުންސިލަރު ޞާލިޙާ ވިދާޅުވީ، ރާއްޖޭގެ އެކި ރަށު-ކައުންސިލުތަކުގެ ރައީސުންނާ އެ ކަމަނާއަށް ބައްދަލުވެފައިވާ ކަމަށާއި، އެ ރަށްރަށުގެ މަލަމަތީން ތަރައްޤީގެ ކުލަވަރު އައްޑުއަށް ވުރެ މާ ފައުޅުކަން ބޮޑު ގޮތެއްގައި ފެންނަމުންދާ ކަމަށެވެ.
ޞާލިޙާ އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީއަކީ ޖަރުމަނުވިލާތުގެ ސިޓީއެއް ނުވަތަ އިނގިރޭސިވިލާތުގެ ލަންޑަން ނޫން ކަމަށާއި، ރާއްޖޭގެ ޖަޒީރާތައް ތަރައްޤީކުރެވޭނީ ސިޔާސީ ގޮތުން ރާއްޖޭގެ ރަށްތައް ކުރިއަރުވާނޭ ބަޔަކު ތިބެގެން ކަމަށެވެ. ހަމަ އެހެންމެ، މި ސިޔާސީ ބޭފުޅުންނާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާން ޖެހޭ ކަމަށް ވެސް ޞާލިޙާ ވިދާޅުވިއެވެ.
މާދަމާ ނަގާ ވޯޓުގައި އެންމެން އާނއެކޭ ބުނެގެން މި ކައުންސިލް ވަކިވާއިރު، މީދޫ އަކީ ކުޑަކުޑަ ދުބާއީއެއްގެ ގޮތަށް. އިރާދަކުރެވިއްޔާ އެ މަންޡަރު ފެންނާނެ.
ޞާލިޙާ އިއްޔެ ވިދާޅުވިއެވެ.
ޞާލިޙާ ވިދާޅުވީ، ރަށު ކައުންސިލެއްގެ ގޮތުގައި ތިބި ނަމަވެސް، ބައިނަލްއަޤުވާމީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ހޯދާން ޖެހޭ އެހީތައް ހޯދާނޭ ކަމަށެވެ. އެ ކަން ކުރުމުގެ ޤާބިލިއްޔަތު މީދޫ ރަޢިއްޔަތުންނަށް ލިބިގެންވާ ކަމަށް ޞާލިޙާ ވިދާޅުވިއެވެ.