Ads by Stelco

ޚަބަރު

ހުޅުދޫ އާއި މީދޫ ރައްޔިތުންގެ ނިންމުން ފާހަގަކުރުމަށް މިރޭ ހަވާއަރުވަން ނިންމައިފި

ހުޅުދޫ އާއި މީދޫ ރައްޔިތުންގެ ނިންމުން ފާހަގަކުރުމަށް މިރޭ ހަވާއަރުވަން ނިންމައިފި

މީގެ ކުރިން މާލޭގައި ކުރިއަށްދިޔަ ހަވާއެރުވުމުގެ ތެރެއިން

farudhun logo

ފަރުދުން

26 އޮކްޓޯބަރު 2025، 11:11

26 އޮކްޓޯބަރު 2025، 11:11

އައްްޑޫ ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ދެ ރަށުގެ ރައްޔިތުންގެ ވޯޓުން ނިންމި ނިންމުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން ހަވާ އަރުވަން ނިންމައިފިއެވެ.

މިއީ ދެ ރަށުގެ ރައްޔިތުންގެ ނިންމުން ފާހަގަކުރުމަށް ދެ ރަށް ގުޅިގެން އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްދާނީ މިރޭ 8:30 ހުޅުދޫމީދޫ މެދު ބަނދަރުގައެވެ. އަދި ދެ ރަށް ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މުޙައްމަދު ޝާހިދު އާއި އަބްދުއްރަޙުމާން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ނިންމުން ފާހަގަކުރުމަށް ބާއްވާ މި ހަރަކާތްތަށް ދައުލަތުގެ މީޑީއާ ޕީއެސްއެމް ނިއުސްއިން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށް އެމީޑިއާއިން ވިދާޅުވެފައި ވެއެވެ.

އައްޑޫ ސިޓީގެ 3 ރަށެއް އިދާރީގޮތުން ވަކިކޮށް، ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން އިއްޔެ ވަނީ ވޯޓު ނަގާފައެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ހުޅުދޫ އަދި މީދޫގެވެސް ރައްޔިތުންގެ އަޣުލަބިއްޔަތުން ވަކި ކައުންސިލްތައް އުފެއްދުމަށް ވޯޓް ދީފައި ވެއެވެ. ނަމަވެސް ފޭދޫގެ ރައްޔިތުން ނިންމާފައިވަނީ އިދާރީ ގޮތުން ވަކި ނުވުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން