Ads by Stelco

ޚަބަރު

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް އަނެއްކާވެސް 1.8 މެގަ ވޮޓުގެ އައު ދެ ޖެނެރޭޓަރު ފޮނުވައިފި

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް އަނެއްކާވެސް 1.8 މެގަ ވޮޓުގެ އައު ދެ ޖެނެރޭޓަރު ފޮނުވައިފި

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1.8 މެގަ ވޮޓުގެ އައު ދެ ޖެނެރޭޓަރު ފޮނުވުން: ފޮޓޯ- ފެނަކަ

farudhun logo

ފަރުދުން

26 އޮކްޓޯބަރު 2025، 12:14

26 އޮކްޓޯބަރު 2025، 12:14

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް އަނެއްކާވެސް 1.8 މެގަ ވޮޓުގެ އައު ދެ ޖެނެރޭޓަރު އެ ސިޓީއަށް ފޮނުވައިފިއެވެ. 

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 1.8 މެގަ ވޮޓުގެ އައު ދެ ޖެނެރޭޓަރު ގެނެސްފައިވާކަމަށެވެ. އަދި މި ދެ ޖެނެރޭޓަރ އެސިޓީއަށް ގެންދިއުމަށްޓަކައި މިހާރު ލޯޑު ކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ. އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އައު ދެ ޖެނެރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރާއިރު، މިމަހުގެ މެދުތެރެއިިން އެސިޓީއަށް ވަނީ 1.6 މެގަވޮޓްގެ ޖެނެރޭޓަރެއް ވެސް ގެންގޮސްފައެވެ.


އައްޑޫ ސިޓީގެ ރަށްރަށުން ކަރަންޓު ކެންޑުމުގެ މައްސަލައަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ، ދާއިމީ ހައްލެއް ލިބިފައި ނުވާ މައްސަލައެކެވެ. އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް އަދިވެސް ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން