ޚަބަރު
ވެލާނާ އެއާރޕޯޓުން ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ އަތުން ބަޔަކު ފައިސާތަކެއް ފޭރިގެންފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލް---
ފަރުދުން
27 އޮކްޓޯބަރު 2025، 09:27
27 އޮކްޓޯބަރު 2025، 09:27
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންތަކެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ފޭރިގެންފިއެވެ.
ރޭ ހިނގި މި ހާދިސާގައި ފޭރިގެންފައި ވަނީ އެއާރޕޯޓުގެ އައު ޓާރމިނަލްއަށް ވަނުމަށް ދިޔަ ދެ މުވައްޒަފަކު ހިފައިގެން ދިޔަ ބްރީފްކޭސްއެކެވެ.
ފުލުހުން ދެންމެ މީޑިއާއާ ހިއްސާކުރި މެސެޖުގައިވާ ގޮތުން، ފައިސާ ހުރި ސުއިޓް ކޭސް ފޭރިގަތް އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭގެ ފަތިހު 4:45 ހާއިރުއެވެ.
މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ފޭރުނު ފައިސާގެ އަދަދު ވެސް މިހާތަނަށް ޙިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.