Ads by Stelco

ޚަބަރު

އަމާން އުދަރެސް ފްލެޓްތަކަށް ކަރަންޓުގެ ޚިދުމަތް ދޭންފަށައިފި

އަމާން އުދަރެސް ފްލެޓްތަކަށް ކަރަންޓުގެ ޚިދުމަތް ދޭންފަށައިފި

ގެދޮރުވެރިޔާ ފްލެޓްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށްދަނީ

farudhun logo

ފަރުދުން

27 އޮކްޓޯބަރު 2025، 10:33

27 އޮކްޓޯބަރު 2025، 10:33

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޤާއިމްކޮށްފައިވާ ފްލެޓްތަކަށް ކަރަންޓް ފޯޯރުކޮށްދިނުމުގެ ޚިދުމަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ފަށައިފިއެވެ. 

ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ރަސްމީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮޮތުން އަމާން އުދަރެސް 11، 12 އަދި 13ވަނަ ފްލެޓަށް އިއްޔެގެ ވަގުތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެފްޑީސީން ވިދާޅުވީ ތަޅުދަނޑި ހަވާލުކުރަނީ ޔުނިޓްތަކުގެ ފިނިޝިން ނިމި، ޔުޓިލިޓީގެ ޚިދުމަތްތަކުގެ ކަނެކްޝަންތަކުގައިވެސް ބަލަންޖެހޭ އެންމެހައި ކަންކަން ރަނގަޅުކަން ކަށަވަރުކުރުމަށްފަހުގައިކަމަށެވެ. އަމާން އުދަރެހުގައި ހިމެނެނީ ޖުމްލަ 16 ޓަވަރު، 2000 ހައުސިން ޔުނިޓެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން