Ads by Stelco

ޚަބަރު

ވީ.އައި.އޭ. ޑޮލަރު ފޭރުން: ބަންދަށް މުއްދަތު ޖެހީ ވަކީލެއްގެ ޙައްޤު ނުދީ ކަމަށް ވަކީލުންގެ ޓީމުން ބުނެފި

ވީ.އައި.އޭ. ޑޮލަރު ފޭރުން: ބަންދަށް މުއްދަތު ޖެހީ ވަކީލެއްގެ ޙައްޤު ނުދީ ކަމަށް ވަކީލުންގެ ޓީމުން ބުނެފި

ވީ.އައި.އޭ.އިން ގިނަ ޢަދަދެއްގެ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހުން.

farudhun logo

ފަރުދުން

28 އޮކްޓޯބަރު 2025، 04:46

28 އޮކްޓޯބަރު 2025، 04:46

މޫނު ނިވާކޮށްގެން ތިބި ޙާލު އިއްޔެ ފަތިހު ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ވަދެ، ބޭންކް އޮފް މޯލްޑިވްސް މުވައްޡަފުން އަތުން ގިނަ ޢަދަދެއްގެ ފައިސާތަކެއް ފޭރިގަތްކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ހަތަރު މީހުންގެ ބަންދަށް މުއްދަތު ޖެހީ ވަކީލެއްގެ ޙައްޤު ނުދީ ކަމަށް ވަކީލުންގެ ޓީމުން ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)، ކ. މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ) އަދި ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)އެވެ. މި އެންމެން ވެސް ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

އެހެން ނަމަވެސް، ބަންދާ މެދު ކޯޓުން ގޮތް ނިންމިއިރު، ވަކީލުންނަށް ފުރުޞަތު ދީފައި ނުވާ ކަމަށް ހައްޔަރުކުރެވުނު މީހުންގެ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ. ވަކީލުންގެ ޓީމުން ބުނީ، ތުހުމަތުކުރެވުނު މީހުން ހައްޔަރުވުމާ އެކު، އެ މީހުންނަށް ވަކީލުން ޢައްޔަނުވުމަށް ރެއި 10:00ހައިއިރު ފޯމު ހުށަހަޅާފައިވާ ކަމަށާއި، އެ ކަން މައްސަލަ ތަޙުޤީޤުކުރުމާ ގުޅޭ އިދާރީ ބޭފުޅާއަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ، ވަކީލުން ޢައްޔަނުކޮށްދިނުން އަވަސްކުރުމަށް އެދި ހިންމަފުށީ ފުލުސް އިދާރާއަށް ވެސް ރެއި ގުޅި ކަމަށް ވަކީލުންގެ ޓީމުން ބުނެއެވެ. އެއަށް ފަހު އަދު ހެނދުނު މި ކަމާ ގުޅުމުން، ވަރަށް އަވަހަށް ޢައްޔަނުކޮށްދޭނޭ ކަމަށް ފުލުހުން ބުނި ކަމަށް ވަކީލުންގެ ޓީމުން ހާމަކޮށްފައިވެއެވެ.

ދެން އަޅުގަނޑުމެންނަށް 11 ޖަހާކަށްހައި އިރު އެންގީ އެ މީހުން ދޫނިދުއަށް ބަދަލުކުރި ކަމަށް. އެ ކަން އެންގީމަ ދޫނިދުއަށް ވެސް މެއިލްތައް ފޯވަރޑު ކުރިން ޕްރޮސެސް އަވަސް ކުރަން.

ވީ.އައި.އޭ. މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަކީލަކު ބުންޏެވެ. 

އެހެނަސް، ޢައްޔަނުވުމުގެ ޙައްޤު ފަހިކޮށްނުދީ، މިއަދު މެންދުރު 12:00ހައި އިރު ގުޅާފައި އެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާކަން ފުލުހުން އެންގި ކަމަށް ވަކީލުން ބުނެއެވެ.

ބީ.އެމް.އެލް. މުވައްޡަފުން އަތުން ވެލާނާ ވައިގެ ބަނދަރުން އިއްޔެ ފޭރިގެންފައިވަނީ 100،000އަށް ވުރެ ގިނަ ޔޫ.އެސް. ޑޮލަރެވެ. ޑޮލަރުތައް އަޅާފައި ހުރި ބްރީފްކޭސް ޖަހައިގަތް އިރު، އެ ތަނުގައި ފުލުހުންގެ ސެކިޔުރިޓީއަކު ޙާޟިރުގައި ނެތެވެ.

ފައިސާ ފޭރިގަތް މީހުން ލޯންޗަކުން ފިލާފައިވާ އިރު، އެ ލޯންޗު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައިގައި ފޭރިގަތް ފައިސާތައް ފުލުހުންނަށް އަދި ހޯދިފައިނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ އިރު، ފުލުހުން މި ކަމާ ގުޅޭ ޞަރީޙަ ބުނުމެއް ޢާންމުކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން