Ads by Exprox

ޚަބަރު

ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި!

ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި!

ރައީީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން- ފޮޓޯ ރައީސް އޮފިސް

farudhun logo

ފަރުދުން

29 އޯގަސްޓު 2024، 10:51

29 އޯގަސްޓު 2024، 10:51

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ލިބިވަޑައިގެންނެވި އަނިޔާއަކާ ގުޅިގެންނާއި، މެޑިކަލް ފޮލޯއަޕްއަކަށް ޑޮކްޓަރަށް ދައްކަން ޖެހިވަޑައިގަންނަވާތީ ކުރައްވާ ދަތުރުފުޅެއް ކަމަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.


ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މީގެ ކުރިންވެސް ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco