Ads by Stelco

ޚަބަރު

ޕޮލިޓެކްނިކްގެ އޯޕަން ޑޭ: ތަފާތު ފަންނީ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު!

ޕޮލިޓެކްނިކްގެ އޯޕަން ޑޭ: ތަފާތު ފަންނީ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު!

ޕޮލިޓެކްނިކް އޯޕަން ޑޭ.

farudhun logo

ފަރުދުން

29 އޮކްޓޯބަރު 2025، 03:04

29 އޮކްޓޯބަރު 2025، 03:04

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން މިއަދުން ފެށިގެން މި މަހުގެ 31ވަނަ ދުވަހާ ހަމައަށް "އޯޕަން ޑޭ ސްކިލް ފެސްޓް 2025"ގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ބާއްވާނެއެވެ.

ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޙަރަކާތުގެ ތެރެއިން، ޕޮލިޓެކްނިކްގައި ކުރިއަށްދާ އެކިއެކި ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު ހޯދުމާއި، އެކި މަސައްކަތްތައް ބަލައިލުމުގެ ފުރުޞަތު ޢާންމުންނަށް ވަނީ ހުޅުވާލެވިފައެވެ. އަދި ހަމަ އެހެންމެ، ކޭކު ޑިޒައިންކުރުމާއި، ފެޝަން ޑިޒައިން ފަދަ ތަފާތު ފަންނީ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ވެސް އޯޕަން ޑޭގެ ތެރެއިން، ޢާންމުންނަށް ވަނީ ފަހިވެފައެވެ.

މި އޯޕަން ޑޭ ޙަރަކާތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ދާއިރާތަކަށް ބަލައިލާއިރު: އާކިޓެކްޗަރ، ވަޑާންކުރުން، މެކޭނިކަލް އިންޖީނިއަރިންގ، ވިޔަފާރި، އަދި ޓެކްނޮލޮޖީ ހިމެނެއެވެ. މީގެ އިތުރުން، ތަފާތު އެކި އުފެއްދުންތެރި ދާއިރާތަކާ ގުޅޭ ވޯކްޝޮޕްތަކާއި އެ މަސައްކަތްތައް ކުރާ ގޮތް ޢާންމުންނަށް ދައްކާލުމަށް މި ޙަރަކާތުގެ ޛަރީޢާއިން ވަނީ ހަމަޖެހިފައެވެ.

ޕޮލިޓެކްނިކްގެ މި އޯޕަން ޑޭ ޙަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގަޑިތައް:

29 އޮކްޓޫބަރ: 14:00 - 22:00

30 އޮކްޓޫބަރ: 09:00 - 12:00 އަށް އަދި 14:00-22:00

31 އޮކްޓޫބަރ: 18:00-16:00 އަދި 20:00-22:00

Ads by MSS

މި ލިޔުން ކިޔާލުމުން