Ads by Stelco

ޚަބަރު

މާފަރު ފިޓްނަސް ސެންޓަރުގެ އަދާހަމަ: ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކުރިއަށް

މާފަރު ފިޓްނަސް ސެންޓަރުގެ އަދާހަމަ: ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކުރިއަށް

ނ. މާފަރު ފިޓްނަސް ސެންޓަރުގެ އަދާހަމަ.

farudhun logo

ފަރުދުން

30 އޮކްޓޯބަރު 2025، 04:35

30 އޮކްޓޯބަރު 2025، 04:35

މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައި ބިނާކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫޢުގެ ތެރެއިން، މިހާރު ކުރިއަށް ދަނީ ޢިމާރާތުގެ ގްރައުންޑް ފްލޯގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރު ކަމުގައިވާ އެމް.ޓީ.ސީ.ސީ.އިން އަދު ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން ބުނީ، މި މަސައްކަތް ހަލުވި ދުވެލީގައި ނިންމާލުމަކީ، އެ ކުންފުނީގެ އަމާޒު ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ވަރަށް ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ. މީގެ ތެރޭގައި، މާފަރު ހިމެނޭހެން، ގިނަ ރަށްތަކެއްގައި އަޅަން ފެށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އާބާދުވެފައިވާ ހުރިހައި ރަށަކަށް 2 އަހަރަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވާފައިވާއިރު، މި ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންނާ ކައިރިން މަސައްކަތްކުރައްވައި، ރައްޔިތުންގެ އެދުންތަކާއި ކަންބޮޑުވުންތައް ގާތުން އަޑުއެއްސެވުމެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން