ދުނިޔެ

ހިމާލަޔާގެ ސަރަޙައްދުގައި ހިނގި ބަސް އެކްސިޑެންޓެއްގައި 36 މީހުން މަރުވެއްޖެ

ހިމާލަޔާގެ ސަރަޙައްދުގައި ހިނގި ބަސް އެކްސިޑެންޓެއްގައި 36 މީހުން މަރުވެއްޖެ

ހިމާލަޔާގައި ފުރޮޅާލި ބަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ނޮވެމްބަރު 2024، 01:34

05 ނޮވެމްބަރު 2024، 01:34

އިންޑިޔާގެ ހިމާލަޔާ ސަރަޙައްދުގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި މަދުވެގެން 36 މީހުން މަރުވެ، އަދި އެތައް ބަޔަކަށް އަނިޔާވެއްޖެކަމަށް އިންޑީއާ ސަރުކާރުގެ އިސް އޮފިޝަލެއް މިއަދު ހާމަކުރެއްވިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު އުއްތަރާކަންޑު ސްޓޭޓުގެ އަލްމޯރާ ކައިރީގައި ކަމަށް ވެއެވެ. ސަރުކާރުގެ ސަލާމަތީ ޓީމުތަކުން ހާމަކޮށްފައިވާ ފޮޓޯތަކުން ދައްކާގޮތުގައި ބަސް ވަނީ ފަރުބަދަ ތެރެއަށް ވެއްޓި އެއްކޮށް ހަލާކުވެފައެވެ. ބަހުގެ ކުރީކޮޅު ވަނީ ހަމަ އެއްކޮށް ފިތިފައެވެ.

އުއްތަރާކަންޑު ސްޓޭޓުގެ އިސް އޮފިޝަލް ދީޕަކް ރާވަތު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް 36 މީހުން މަރުވެފައިވާ ކަމަށް ކަށަވަރުވެފައިވާ ކަމަށެވެ. އަދި ނުރައްކާތެރި ޙާލަތުގައި ތިން މީހަކު ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އަސަރާއެކު ތަޢުޒިޔާ ފާޅުކުރައްވާފައެވެ. އަދި މަރުވި މީހުންގެ ޢާއިލާތަކަށް 200،000 ރުޕީސް (2،380 ޑޮލަރު) ގެ އެހީއެއް ދެއްވާނެ ކަމަށާއި، އަނިޔާވި މީހުންނަށް 50،000 ރުޕީސް (595 ޑޮލަރު) ގެ އެހީއެއް ދެއްވާނެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބަޔާނެއްގައި ބުނެފައިވެއެވެ.

އުއްތަރާކަންޑުގެ މުޚްޔަމަންތްރީ ޕުޝްކަރު ސިންގް ދާމީ ވިދާޅުވީ މި ހާދިސާއާ ގުޅޭގޮތުން ތަޙުޤީޤެއް ހިންގުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ.

ހިމާލަޔާ ސަރަޙައްދުގެ ފަރުބަދަ މަގުތަކުގައި މިފަދަ އެކްސިޑެންޓުތައް އާންމުކޮށް ހިނގައެވެ. އިންޑިޔާގައި ކޮންމެ އަހަރަކުވެސް ސަތޭކަ އަދަދެއްގެ މީހުން މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވަމުންދެއެވެ.
                    

މި ލިޔުން ކިޔާލުމުން