ޚަބަރު
ރައީސް ސާބިތުކޮށްދެއްވީ، ޤައުމާ ރައްޔިތުންގެ ޙައްޤުގައި ކިތައްމެ އުނދަގޫ ނިންމެވުމެއް ނިންމަވާ ތަންފީޒު ކުރައްވާނެކަން: ވަޒީރު ޝިޔާމް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު
ފަރުދުން
01 ނޮވެމްބަރު 2025، 12:43
01 ނޮވެމްބަރު 2025، 12:43
މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވީ، ޤައުމާ ރައްޔިތުންގެ ޙައްޤުގައި ކިތައްމެ އުނދަގޫ ނިންމެވުމެއް ނިންމަވާ ތަންފީޒު ކުރައްވާނެކަން ކަމުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޤައުމެއްގެ ޙަޔާތުގައި މިއަދު ތަންފީޒު ކުރައްވަން ފެއްޓެވި ކަންކަން ކުރެވޭނީ މައިބަދަ ވަރަށް ވަރުގަދަ ވެރިންނަށް ކަމަށެވެ. އަދި މިއީ ކުރިން އެއްވެސް ސަރުކާރަކުން ނުކުރެވި ހުރި ވަރަށް މުހިންމު ކަމެއް ކަމަށާއި ރަނގަޅު ނިންމެވުންތައް ނިންމެވުމުގައި ގިނަ ވެެރިން ފެއިލްވަނީ އެކިކަހަލަ ނުފޫޒުގައި ޖެހި ދީއްލާލެވިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއީ ވޭތުވެދިޔަ ސަރުކާރުތަކަށް އުނދަގޫވި އެހެނަސް ޤައުމެއްގެ މުސްތަޤުބަލަށް ވެރިއަކަށް ކޮށްދެއްވޭނެ އެންމެ މުހިއްމު ކަންކަން. މިފަދަކަންކަން ކުރައްވަން އުޅުއްވާއިރު ހީނުކުރާޒާތުގެ ފިއްތުންތަކާ އެކިކަހަލަ ނުފޫޒު ފޯރުވަން މަސައްކަތްކުރާ ފަރާތްތައް އަބަދުވެސް ތިބޭނެ. ރަނގަޅު ނިންމެވުންތައް ނިންމެވުމުގައި ގިނަވެެރިން ފެއިލްވަނީ މިފަދަ އެކިކަހަލަ ނުފޫޒުގައި ޖެހި ދީއްލާލެވިގެން. މިއަދު އަނެއްކާވެސް ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ސާބިތުކޮށްދެއްވީ އެމަނިކުފާނަކީ ޤައުމާ ރައްޔިތުންގެ ޙައްޤުގައި ކިތައްމެ އުނދަގޫ ނިންމެވުމެއް ނިންމަވާ ތަންފީޒު ކރައްވާނެ ވެރިއެއްކަން. ރައީސަށް މަރުހަބާޔާ ހިފެހެއްޓުމެއްނެތް ޝުކުރު.
ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިއަދު އަނެއްކާވެސް ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ސާބިތުކޮށްދެއްވީ އެމަނިކުފާނަކީ ޤައުމާ ރައްޔިތުންގެ ޙައްޤުގައި ކިތައްމެ އުނދަގޫ ނިންމެވުމެއް ނިންމަވާ ތަންފީޒު ކުރައްވާނެ ވެރިއެއްކަމުގައެވެ.
ޤައުމެއްގެ ޙަޔާތުގައި މިފަދަ ކަންކަން ކުރެވެނީ ނިކަން މައިބަދަ ވަރުގަދަވެރިންނަށް. މިއީ ވޭތުވެދިޔަ ސަރުކާރުތަކަށް އުނދަގޫވި އެހެނަސް ޤައުމެއްގެ މުސްތަޤުބަލަށް ވެރިއަކަށް ކޮށްދެއްވޭނެ އެންމެ މުހިއްމު ކަންކަން. މިފަދަކަންކަން ކުރައްވަން އުޅުއްވާއިރު ހީނުކުރާޒާތުގެ ފިއްތުންތަކާ… pic.twitter.com/NJV7RjjPRY
— Ahmed Shiyam (@Shiyamaldives) October 31, 2025
ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ ރައްޔިތުންނާ ގުޅުންހުރި މުހިއްމުކަންކަން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ނިންމެވުމުގެ ސިޔާސަތުގެ ދަށުން، މުހިއްމު 3 ކަމެއްގައި ނޮވެމްބަރު މަހުގެ 1 އިން ފެށިގެން ޢަމަލީގޮތުން ތަންފީޒީ މަރުޙަލާ ފެށިފައި ވުމުން އެކަމަށް އިޝާރާތް ކުރައްވާއެވެ.
މިއަދު ނޮވެމްބަރ 1، 2025 ގައި ތަންފީޒުކުރަން ފެށިފައިވާ 3 ކަމަކީ:
1. 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން.
2. ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން.
3. ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުން.
މި ކަމަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް ލިބިގެންދިޔަ ތާރިޚީ ކާމިޔާބީއެކެވެ.