Ads by Exprox

ޚަބަރު

އެމްބަސީ ކައިރިއަށް އެއްވި މީހުން ހައްޔަރު ކުރީ ނަސޭޙަތް ދިނުމަށްފަހު އަޑު ނޭހުމުން- ފުލުހުން

އެމްބަސީ ކައިރިއަށް އެއްވި މީހުން ހައްޔަރު ކުރީ ނަސޭޙަތް ދިނުމަށްފަހު އަޑު ނޭހުމުން- ފުލުހުން

ދިވެހި ފުލުހެއް- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

farudhun logo

ފަރުދުން

29 އޯގަސްޓު 2024، 02:26

29 އޯގަސްޓު 2024، 02:26

ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް އަޑުގަދަކޮށް ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކުރަމުންދިޔަ ދެ އަންހެނަކު މިއަދު ހައްޔަރުކުރީ އެމްބަސީތަކާއި ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރާތީ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ މި މީހުންނާމެދު ފިޔަވަޅު އަޅާފައިވާނީ އެގޮތަަށް ޢަމަލު ނުކުރުމަށް ތަކުރާރުކޮށް އެކި ފަހަރުމަތިން ނަޞޭޙަތް ދިނުމަށްފަހުގައި ކަމަށެވެ. 

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ޑިޕްލޮމެޓިކް އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުން ކޮށްގެން ހަޅޭލެއްވުމާއި ބޭ އަދަބީ ބަހުން މުޢާމަލާތު ކުރުމުގެ އިތުރުން އެމްބަސީތަކާއި ސަފީރުންނަށް އުނދަގޫވާ ގޮތަށް އެ މީހުން ޢަމަލު ކޮށްފައިވާ ކަމަށެވެ. 

އިއްޔެގެ މިޢަމަލުތަކާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ. ޝަޒްރާ އާއި ޝާދިޔާ ހައްޔަރު ކުރުމުން އަދާލަތު ޕާޓީން ވަނީ އެކަން ކުއްވެރިކޮށްފަ އެވެ. 

ފުލުހުންގެ ބަޔާނުގައި ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުން ކުރުމުގައި، ޞުލްޙަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ  ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ.


މި ލިޔުން ކިޔާލުމުން

Ads by Stelco