Ads by Exprox

ޚަބަރު

ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމުގެ މަސައްކަތް ފަށަނީ

ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމުގެ މަސައްކަތް ފަށަނީ

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

farudhun logo

ފަރުދުން

29 އޯގަސްޓު 2024، 02:47

29 އޯގަސްޓު 2024، 02:47

ހުލާސާ

  • ކޮންމެ ހުކުރު ދުވަހެއްގެރޭ އިޝާ ނަމާދު ފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބޭއްވުމަށް ހަމަޖައްސައިފި
  •  ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގު ފަހިކުރަން ކަމަށް ޝަހީމް ވިދާޅުވި


ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް، ކޮންމެ ހުކުރު ދުވަހެއްގެރޭ އިޝާ ނަމާދު ފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިކަން އާންމުކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ޝަހީމް ވިދާޅުވީ ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގު ފަހިކުރަން، ކޮންމެ ހުކުރު ދުވަހެއްގެ ރޭގައި އިޝާ ނަމާދު ފަހުން ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިކަން ކުރިއަށް ގެންދާނީ ޤައުމީ ދުވަހާ ގުޅިގެން, އަންނަ ހަފުތާގައި އަންނަ ބަންދަށް ފަހު ފުރަތަމަ ހުކުރުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީޒު ވިދާޅުވީ މި ބައްދަލުވުންތަކުން ކުޅަދާނަ ޒުވާން މޮޅު ޤާރީން މި ތިލާވަތު މަހެފިލްގައި ފެނިގެންދާނެ ކަމަށެވެ.

ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމުގެ މަސައްކަތް ފަށަނީ

ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ކީރިތި ޤުރުއާނަށް ލޯބި ޖައްސާ ޤުރުއާން ކިޔަވާ ކުދިން އިތުރު ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިއްޔެ ވަނީ ޤުރުއާން ހިތުދަސް ޙާފިޡުންނަށް އެކަމުގެ އިނާމެއްގެ ގޮތުން ޢުމްރާ ދަތުރުތަށް ދިނުމުގެ މަޝްރޫޢެއް ފައްޓަވާފައެވެ. މިއީވެސް ޤުރުއާނަށް ލޯބިކުރާ ދަރިންތަކެއް އުފެއްދުމާ ޤުރުއާން ހިތުދަސްކޮށް ޙާފިޡުންނަށް ވުމަށް ގިނަ ބަޔަކަށް ހިތްވަރު ދިނުމުގެ ގޮތުން ފެއްޓެވި މަޝްރޫޢެއް ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco