Ads by Stelco

ޚަބަރު

ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދިނުމަށް ގޮވާލައި އައްބާސްގެ ގަރާރެއް

ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދިނުމަށް ގޮވާލައި އައްބާސްގެ ގަރާރެއް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: ފޮޓޯ- މަޖިލިސް

farudhun logo

ފަރުދުން

04 ނޮވެމްބަރު 2025، 11:06

04 ނޮވެމްބަރު 2025، 11:06

ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގަރާރެއް ހުށަހަޅައިފިއެވެ. 

ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ހުށަހަޅުއްވާފައި މިވަނީ ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމައި، ހާއްސަ އުސޫލެއްގެ ދަށުން މި މަހުން ފެށިގެން ހުއްދަ ދޭން ފަށަން ނިންމާފައި ވަނިކޮށެވެ. އެ ގަރާރުގައިވަނީ، މިޔަރު އާއިލާގެ މަސްތަކަކީ ލަހުން ދަރިމައިވާ އަދި ލަހުން ބޮޑެތިވާ މަސްތަކަކަށްވެފައި، އެ ބާވަތުގެ މަސްތަކަކަކީ ވިހާ ފަހަރެއްގައި ވަރަށް މަދުން ވިހާ މަސްތަކަކަށް ވާތީ މިޔަރަކީ ދެ އުމުރުފުރާގެ ދޭތެރެ ދުރު ސްޓޮކުގެ އުފެއްދުންތެރިކަން ދަށް އެއްޗެއް ކަމަށެވެ.

 ހަމައެއާއެކު މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފިނަމަ، މިޔަރުގެ ބާވަތްތައް ހިމާޔަތްކޮށް މުޅި ދުނިޔެއަށް ރާއްޖެއިން ދައްކާފައިވާ ނަމޫނާއަށް ވެސް ނިމުން އަންނާނެ ކަމަށާއި، ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ދިވެހީންނަށް ލިބިފައި އޮތް ރީތި ނަން ހުތުރުވެގެންދާނެ ކަމަށް ވެސް އެ ޤަރާރުގައި ވެއެވެ. 

މި ޤަރާރުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއްބަޔަކީ ކަނޑުގެ ދިރުންތައް ދެކިލުމަށް ކުރާ ޑައިވިން އާއި ސްނޯކްލިން ކަމަށާއި ހާއްސަކޮށް ތަފާތު ވައްތަރުގެ މިޔަރާއި އެންމަޑި ފަދަ، ކަނޑުގައި އުޅޭ ބޮޑެތި ދިރުންތައް ބެލުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން ރާއްޖެއަށް އަންނަކަމުގައެވެ. އެހެން ކަމުން، ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި އަނެއްކާވެސް ހުއްދަކޮށްފި ނަމަ، މިޔަރުގެ އާބާދީ ދަށްވެ، ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބި، މިއީ ރާއްޖޭގެ އިގުތިސާދުގެ މައިބަދައަށް ވަރަށް ބޮޑު ގެއްލުމެއް ލިިބިގެންދާނެކަމަށް ގަރާރުގައިވެއެވެ. 

މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ރާއްޖޭގައި ބޮޑު އާމްދަނީއެއް ހޯދަމުން ގޮސްފައިވެއެވެ. އެކަމާ ގުޅުންހުރި ޤަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާ، އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރު މަސްވެރިކަން އަލުން ހުޅުވާލައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެހެންކަމުން، ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް ގޮވާލައްވާފައިވެއެވެ. މިކަމަކީ ގިނަ ދުވަސްތަކެއް ވަންދެން އާންމުން ކުރަމުންއައި ޝަކުވާއަކަށް ނިމުމެއް ގެނައުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން