Ads by Stelco

ޚަބަރު

މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫން: ފުލުހުން

މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫން: ފުލުހުން

މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓޫ: ފޮޓޯ- ސްރީލަންކާ ނޭވީ

farudhun logo

ފަރުދުން

04 ނޮވެމްބަރު 2025، 12:37

04 ނޮވެމްބަރު 2025، 12:37

މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެއްޗާއެކު އިއްޔެ ލަންކާއިން އަތުލައިގަތް މަސް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ޝްރީލަންކާގެ ރަސްމީ އިދާރާތަކުން ދިވެހިން ފުލުހުންނަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ސްރީލަންކާގެ ސިފައިން ވަނީ އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ހިމެނޭ ބޯޓެއް އަތުލައުގަތްކަން ހާމަކޮށްފައެވެ. ސްރީލަންކާގެ ނޫސްތަކުން ބުނެފައިވަނީ އެ ބޯޓަށް މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުންކަމަށެވެ. އެކަން އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާކަމަށްވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. ސްރީލަންކާގެ ނޫސްތަނުން ރިޕޯޓްކޮށްފައިވާގޮތުން ސްރީ ދޭވީ ނަމަކަށްކިޔާ ބޯޓް ލަންކާ ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާދިއްތަދުވަހުން ފެށި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ ބޯޓު އަތުލައިގަތުމަށްފަހު ވަނީ ލަންކާގެ އައްސޭރިފަށުގެ ބަނދަރެއްކަމަށްވާ ޑިކޮވިޓާއަށް ވައްދާފައެވެ.

މި ބޯޓުގައި 251 ކިލޯ 18 ގްރާމް ކްރިސްޓަލް މެތާއި 85 ކިލޯ ހެރޮއިން ހުރިކަމަށް ލަންކާގެ ނޫސްތަކުން ވަނީ ބުނެފައެވެ. މި މައްސަލާގައި ބޯޓުގައި ތިބި މީހުންގެ މުއްދަތު ޖަހާފައިވާއިރު، އޭގައި ތިބީ ކޮން ޤައުމުތަކަކަށް ނިސްބަތްވާ ބައެއްކަމެއް އަދި ހާމައެއް ނުކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން